Advertisement

މޯލްޑިވިއަންގެ ފްލައިޓް ޑީކިޔޫއޭ 2168 --

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެއިން ކައްދޫއަށް ފުރި މޯލްޑިވިއަންގެ ފްލައިޓް އަނބުރާ މާލެއަށް!

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކައްދޫ އެއާޕޯޓަށް ފުރި މޯލްޑިވިއަންގެ ފްލައިޓް ކައްދޫ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ އައިސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓް ޑީކިޔޫއޭ2168 ވެލާނާ އެއާޕޯޓުން ކައްދޫއަށް ފުރީ މިރޭ 10:35 ހާއިރުގައެވެ. މޫސުމް ގޯސްވުމާއި ވައިބާރުވުމާއި ގުޅިގެން ފްލައިޓް ނުޖެއްސި ވަރަށް ގިނައިރު ކައްދޫގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ބުރުޖަހާފައި ވެއެވެ. 

ކައްދޫގައި ނުޖެއްސިގެން ފްލައިޓް އަނބުރާ މާލެއަށް އައިސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިރޭގެ، 00:32 ގައެވެ.

ފްލައިޓް ދަތުރުކުރި މަގު --

ރާއްޖޭގެ ގިނަ އެއާޕޯޓްތަކަކީ، ކްރޮސްވިންޑަށް ޖައްސަންޖެހޭގޮތަށް ހުންނަ އެއާޕޯޓުތަކެއް ކަމުގައި ވާތީ، ވައިގަދަވެ ވިއްސާރަ ދުވަސްތަކުގައި ފްލައިޓްޖައްސަން އުނދަގޫވުމުގެ މައްސަލަތައް ފާހަގަވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދަށް މިހާރުވެސް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

ކޮމެންޓް
ދޮށީބޭ.
ސުރުޚީލިޔުން ނުބައި! ޚަބަރު ރަނގަޅު.
23 May 2024
އަހުމޭ
ކްރޮސްވިންޑް އެއަރޕޯޓް ތަކެކޭ؟ ލޮލް
23 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.