Advertisement

ރަށްރަށް ޓެކްސްޓް ފޮތްތައ އުފުލުމުގައި ފުލުހުން ހަރަކާތްތެރިވަނީ ---

22 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ރަށްރަށަށް އުފުލުމުގެ މަސައްކަތް ފުލުހުން ފަށައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން އާދީއްތަ ދުވަހު ފެށޭއިރު އަތޮޅުތަކާއި މާލޭގެ ގިނަ ސްކޫލުތަކުގައިވެސް ދަރިވަރުންނަށް އަދި ހަަމަޔަށް ފޮތްތައް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މާލޭގެ ސްކޫލުތަކުގައި އާދީއްތަ ދުވަހުން ފެށިގެން ވަނީ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރަން ފަށާފައެވެ.

ރަށްރަށަށް ޓެކްސްޓް ފޮތްތައް އުފުލައިދިނުމުގެ މަސައްކަތް ފުލުހުންގެ އުޅަނދުތަކުގައި މިއަދު ފަށާފައި ވަނީ، ވަރަށް ބޮޑަށް މޫސުމް ގޯސްވުމުގެ ސަބަބުން އަތޮޅުތަކަށް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުގެ ދަތުރުފަތުރަށް ހުރަސް އެޅިފައި ވަނިކޮށެވެ. އަދި މިހާތަަނަށް އަތޮޅު ތެރޭގެ ގިނަ ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާ ކަމުގައި ސްކޫލުތަކުން މައުލޫމާތު ލިބިފައިވެއެވެ.

ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވޭއިރުވެސް ޓެކްސްޓް ފޮތްތައް ލިބޭނެ ކަމަކަށް ނުބެލެއެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިރާސީ އަހަރުގެ ކިޔެވުން ނިމުމުގެ ކުރިން، ކުރިޔަށް އޮންނަ ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ފޮނުވާފައިވެއެވެ. މިއަހަރު ޓެކްސްޓް ފޮތްތައް ލިބުން ލަސްވި ސަބަބެއް މިހާތަނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.