Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ --

11 May 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސިފައިންގެ ތެރެއިން ފޭބި ކޮންމެ މީހަކަށް މީހަކު މިހާރުވެސް ރާއްޖޭގައި އެބަތިބި: ސަރުކާރު

އިންޑިއާ ސިފައިންގެ ތެރެއިން ފޭބި ކޮންމެ މީހަކަށް، އެޤައުމުގެ އާއްމު މީހަކު ރާއްޖެ އައިސް މިހާރުވެސް އެބަތިބި ކަމުގައި ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އެއްބަސް ވެވުނު ގޮތަށް އިންޑިއާ ސިފައިންގެ ތެރެއިން އެޤައުމުން އަނބުރާ ގެންދިޔަ ކޮންމެ މީހަކަށް، އެޤައުމުގެ އާއްމު މީހުންގެ ތެރެއިން މީހަކު މިހާރު ރާއްޖެއަށް ފޮނުވައި އިންޑިއާ ސިފައިން ކުރިން ޤާއިމްވެ ތިބި މަޤާމުތަކުގައި އެމީހުން މިހާރު އެބަތިބި ކަމަށެވެ. މިގޮތުން، ސ. ގަމުގައި އިންޑިއާއިން ފޮނުވި އެޤައުމުގެ މަދަނީ މީހުންގެ ތެރެއިން 26 މީހުން އެބަތިބި ކަމަށާއި، އަދި ލ. ކައްދޫ އާއި، ހދ. ހަނިމާދޫގައި ކޮންމެ ރަށެއްގައި 25 މީހުންނާއި އެކު، ރާއްޖެއިން ގެންދިޔަ އިންޑިއާ ސިފައިންގެ 76 މީހުންގެ ބަދަލުގައި އިންޑިއާގެ މަދަނީ 76 މީހުން މިހާރު ރާއްޖޭގައި އެބަ ތިބި ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސިވިލިއަނުންގެ ގޮތުގައި ރާއްޖެ އައި މީހުންވެސް ރާއްޖޭގައި ތިބުމައް މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން، މިގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ބަދަލުކުރެވިފައިވާ ލެޓަރ އޮފް އެކްސްޗޭންޖްގެ ދަށުން، ލ. ކައްދޫ އާއި ސ. ގަމުގައި ތިބި އިންޑިއާގެ އާއްމުން ތިބޭނީ، 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހާއި ހަމައަށް ކަމަށާއި، ހދ. ހަނިމާދޫގައި ތިބި ތިބި އިންޑިއާގެ އާއްމުން ތިބޭނީ، 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހަށް ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، އެމީހުން ރާއްޖޭގައި ބޭތިއްބުމުގެ ބޭނުމެއް އޮތް މިންވަރުގެ މައްޗަށް ބަލައިގެން މުއްދަތު އިިތުރު ކުރުމާއި ގުޅޭ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި ވާހަކަދައްކައި ގޮތްތައް ނިންމާނެ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނާއި، ފޮރިން މިނިސްޓަރ މޫސާ ޒަމީރުވެސް ވިދާޅުވީ، ސިފައިންގެ ބަދަލުގައި އިންޑިއާއިން ފޮނުވި މީހުންނަކީ، އެޤައުމުގެ އާއްމު މީހުންކަން ކަށަވަރުވާ ކަމަށެވެ. 

ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވީ، އެމީހުންގެ ވަނަވަރާއި ޕާސްޕޯޓުތަކަށް ބަލާފައި އެެއީ އިންޑިއާގެ އާއްމުންކަން ކަށަވަރުވާ ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރާނީ، ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ޑިފެންސް މިނިސްޓްރީ އަންގާ ގޮތެއްގެ މަތިން އެކަނި ކަމުގައިވެސް މިނިސްޓަރ ޣައްސާނު މައުމޫން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުރިހަމަކުރެއްވިއްޖެ ކަމުގައި، ސަރުކާރުން ބުނި ނަމަވެސް، އިންޑިއާ ސިފައިން ތިބި މަޤާމުތަކަށް ހަމަ އެއަދަދަށް އިންޑިއާގެ މަދަނީން ކަމުގައި ބުނާ ބަޔަކު ގެނައުމަކީ ވަޢުދު ފުއްދުން ނޫންކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ސަރުކާރުން އެއްބަސްވެފައިވާ ގޮުތުގައި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ރާއްޖެއިން ގެންދިޔަ ނަމަވެސް އަދިވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރިކަމަށް ބުނާ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާ ބޯޓު ދުއްވާނީ އިންޑިއާއިން ފޮނުވާފައިވާ އެޤައުމުގެ މަދަނީން (އާއްމު ރައްޔިތުން) ކަމުގައި ބުނާ މީހުންނެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖެއަށް ފޮނުވާފައި ވަނީ، އެޤައުމުގެ އާއްމު ރައްޔިތުން ނުވަތަ މަދަނީން ކަމުގައި ދިވެިހި ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އިންޑިއާ ސަރުކާރުން އެގޮތަށް ބުނެފައެއް ނުވެއެވެ. އިންޑިއާއިން ބުނެފައި ވަނީ އޭރިއަލް ޕްލެޓްފޯމްތަކަށް ފޮނުވާފައި ވަނީ ޓެކްނިކަލް މީހުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.