Advertisement

މިނިސްޓަރ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ ޢަލީ އިޙްސާން --

12 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޖިނާޢީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމުގެ މަސައްކަތްތައް ފަށައިފި

ކުޑަކުދިން ކުރާ ޖިނާޢީ ކުށްތަކުގެ ޒިންމާ އެކުދިން އުފުލަންޖެހޭނީ 15 އަހަރު ފުރިފައިވާނަމަ ކަމުގައި މިހާެރު ޤާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމުގައި، މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިޙްސާން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެންނަށް އެ އިސްލާޙްގެ ބޭނުމަކީ، އެއްވެސް ޙާލެއްގައި ކުޑަކުދިން ޖަލަށްލައިގެން ގެންގުޅުމެއް ނޫންކަމަށާއި، އޭގެ ބޭނުމަކީ 12 އަހަރުންފެށިގެން، ކުށުގެ ވެށިން ފެންނަ ކުދިން، އަދި ކުށުގެ ވެއްޓަށް ހުށައެޅިދާނެ ކަމަށް ފެންނަ ކުދިން، އަދި ދޭތެރެ ދޭތެރެއިން ކުށުގެވެށިން ހައްޔަރު ކުރެވި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން، ކުށުގެ ވެށިން ސަލާމަތްކޮށް ރިހެބިލިޓޭޓް ކުރުން ކަމަށެވެ. އަދި މީގެ ކުރިން 15 އަހަރުގެ ކުޑަކުދިންގެ މައްޗަށް ޖިނާޢީ ދައުވާތައްވެސް އުފުލިފައި ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި އުމުރުފުރާ ތިރިކުރުމުގެ ސަބަބުން ޤާނޫނީ ގޮތުން، އަޅުގަނޑުމެންނަށް އެކުދިންނަށް، ހިންގަންޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ ބާރު ލިބިދޭނެ. އަދި މީގެ އަލީގައި، އަޅުގަނޑުމެން މިވިސްނަނީ ދިވެހިރާއްޖޭގެ ވަކިރަށެއް ޤާއިމްކޮށް އެކަމަށް ޚާއްޞަކޮށް، ސިފައިންނާއި ފުލުހުންނާއި ކަމާއި ބެހޭ އެހެނިހެން މިނިސްޓްރީ ތަކާއި، ގުޅިގެން މިރަށުގައި، ކުދިންނަށް ހިންގޭ ޕްރޮގްރާމެއް ހިންގުމަށް."

މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން --

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން އެކުދިންނަށް ދީނީ ތަޢުލީމާއި ރަސްމީ ތަޢުލީމުގެ އިތުރުން، ކޮންޓެކްޓް ސްޕޯޓްސް އަދި އޭގެ އިތުރުން ސައިކޯ ސޯޝަލް އިންޓަވޭޝަން ޕްރޮގްރާމްތައް ވެސް ހިންގޭނެ ކަމަށެވެ. މީގެ އިތުރުން މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ ޕްރޮގްރާމްތައް އެކުދިންނަށް ހިންގޭނެ ކަމުގައިވެސް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެންދާނީ ކުށުގެ މާހައުލުގައި މިވަގުތު އުޅެމުންދާ ކުދިންނަށް، ރަނގަޅު މާހައުލެއް ލިބި އެކުދިންގެ ޙަޔާތަށް އައު އުއްމީދެއް ލިބިގެން ދިޔުންކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ކަނޑައަޅާ އެރަށަށް "ހޯޕް އައިލެންޑްގެ ނަމުން ނަންދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެރަށުގައި އެކުދިން 18 އަހަރު ފުރެންދެން ގެންގުޅުމަށް ފަހުގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތަށް ރަސްމީކޮށް ނެގޭނެ ކަމަށާއި، އަދި ވަކި މުއްދަތަކަށް ފުލުހުންނާއި ސިފައިންގެ ތެރޭގައި ޚިދުމަތްކުރުމަށްފަހުގައި ހަދާ އިވެލުއޭޝަންތަަކަށް ފަހުގައި އެކުދިން ބޭނުންވާ ދާއިރާތަކަކުން ކުރިޔަށް ދިޔުމަށް ފުރުޞަތު ދެވޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، މީގެ ކުރިން، ކ. ގުރައިދޫގައި ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ޤައުމީ މަރުކަޒުގެ ނަމުގައި މަރުކަޒެއް ހިންގާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.