ކުޅިވަރު
17 Dec 2023
ކުޅިވަރު
ލިވަޕޫލަށް ޔުނައިޓެޑު ބަލި ނުކުރެވުމުން އާސެނަލް އެއްވަނައަށް
އެންފީލްޑްގައި މި އަހަރު ކުޅުނު ހުރިހާ މެޗެއްގައި ލިވަޕޫލުން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުގެ ގޯލާ އަމާޒުކޮށް ލިވަޕޫލުން ފޮނުވާލި 34 ޝޮޓުގެ ތެރެއިން އެއްވެސް ޝޮޓެއް ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ 2003/04 ގެ ސީޒަނަށްފަހު، މިހާ ގިނަ ހަމަލާ އުފައްދާ، ގޯލެއް ކާމިޔާބު ނުކުރެވި ލެވަޕޫލަށް މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
17 Dec 2023
ކުޅިވަރު
އެފްއޭއެމްގެ ރައީސްކަމަށް ވާދަނުކުރަން ބައްސާމް ނިންމައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކު ހޮވުމަށް މި އަންނަ ޖެނުއަރީ މަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވާދަނުކުރުމަށް ނިންމައިފިއެވެ.
17 Dec 2023
ކުޅިވަރު
ގައުމީ ހޭންޑުބޯޅަ މުބާރާތުގެ އަންހެން ފައިނަލުގައި އޮރިކްސް އާއި ރެޑްހޯކްސް
މިހާރު ކުރިޔަށްދާ 10 ވަނަ ގައުމީ ހޭންޑުބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގެ ފައިނަލުން، އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑް ބޯލް ކްލަބާއި ރެޑް ހޯކްސް ކްލަބް ޖާގަ ހޯދައިފިއެވެ.
17 Dec 2023
ކުޅިވަރު
އިންގްލިޝް ޕްރިމިއަރ ލީގު މެޗެއްގައި ކުޅުންތެރިއަކު ހުއްޓިގެން ދަނޑު މައްޗަށް ވެއްޓިއްޖެ
އިންގްލިޗް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ އޭއެފްސީ ބޯންމައުތު އާއި ލުޓޯން ޓައުން އެފްސީ ބައްދަލު ކުރި މެޗުގައި، ލުޓޯންގެ ކެޕްޓަން ޓޮމް ލޮކިޔަރ ހުއްޓިގެން ދަނޑުމައްޗަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުމާއެކު މެޑިކަލް ޓީމުން ވަނީ ވަގުތުން ފަރުވާދޭންފަށާފައެވެ.
15 Dec 2023
ކުޅިވަރު
ޓީސީ ބަލިކޮށް މާޒިޔާއިން ލީގު ނެގުމާ ގާތަށް
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލްބާއި ޓީސީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް، ލީގު ތައްޓާ ކައިރިއަށް މާޒިޔާއިން ޖެހިލައިފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބު ކުރީ 4-0 އިންނެވެ.
14 Dec 2023
ކުޅިވަރު
ޕޫމާއިން އިޒްރޭލުގެ ގައުމީ ޓީމުގެ ސްޕޮންސަރޝިޕް ނިމުމަކަށް ގެނައުމުގައި ގަތުލުއާންމާއި ގުޅުމެއް ނެތް
ޕޫމާ އާއި އިޒްރޭލުގެ ފުޓުބޯޅަ އެސޯސިއޭޝަނާ ދެމެދު ހަދާފައިވާ ސްޕޮންސަރޝިޕް އެގްރީމެންޓް 2024 ގައި ނިމުމަކަށް ގެންނާނެކަމަށް، އެ ކުންފުނީގެ ތަރުޖަމާނު ހާމަކޮށްފިއެވެ. ނަމަވެސް މިއީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅުން ހުރި ނިންމުމެއް ނޫން ކަމުގައި ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ބްރޭންޑުގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
14 Dec 2023
ކުޅިވަރު
ޗެމްޕިއަންސް ލީގުގައި ނިއުކާސްލްއަށް ހިތާމަވެރި ރެއެއް
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗަށް އެ ޓީމުން ނިކުތްއިރު، މުބާރާތުގެ ނޮކް-އައުޓް ބުރަށް ދިއުމުގެ ފުރުސަތު ވެސް އެ ޓީމަށް އޮތެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަވިނަމަ، ޔޫރޮޕާ ލީގުގެ ޕްލޭ-އޮފް ބުރުން ވެސް ޖާގަ ލިބޭނެއެވެ. ނަމަވެސް، ނަތީޖާ ނިކުތީ އެ ޓީމަށް އެންމެ ހިތްދަތި ގޮތަށެވެ.
12 Dec 2023
ކުޅިވަރު
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފީފާއިން ކަނޑައެޅި ބަޖެޓުގެ އެއްބައި ޖަމާކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް މިހާތަނަށް ނުދީ ހުރި މުސާރަތައް ހަމަޖެއްސުމަށް ފީފާއިން ތިން ލައްކަ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާ، އޭގެ ތެރެއިން އެއްލައްކަ ޑޮލަރު އެ އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާކޮށްފިއެވެ.
12 Dec 2023
ކުޅިވަރު
މާޒިޔާއިން އޭއެފްސީ ކަޕް ނިންމާލީ މޮޅަކުން
މޯހަން ބަގާން ކޮޅަށް މާޒިޔާއިން ކާމިޔަބު ކުރި ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ގޯލު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 40 ވަނަ މިނެޓްގައި މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަންނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީކަނަށެވެ.
11 Dec 2023
ކުޅިވަރު
ޗެމްޕިއަން ބާސެލޯނާ ބަލިކޮށް ޖިރޯނާ ލީގުގެ އެއްވަނައަށް
ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި އާންމުކޮށް ކުޑަ ޓީމުތައް ސީޒަންގެ ކުރީކޮޅު ރަގަޅު ނަތީޖާތައް ނެރެ، ލީގުގެ މަތިފަޑީގައި އުޅޭތަން ފެނެއެވެ. ނަމަވެސް ލީގުގެ ބޮޑެތި ބާރުތަކާޖެހި، އެ ޓީމުތަކުގެ އަޑު، މަޑުމަޑުން ފަނޑުވަމުން ގޮސް އެންމެ ފަހުން ލީގު ނިންމާލާނީ ބޮޑެތި ޓީމުތަކުގެ ފަހަތުންނެވެ. އެންމެނަށް ވެސް ބެލެވުނީ ޖިރޯނާއަށް ވެސް ވާނީ މިފަދަ ގޮތެއްކަމަށެވެ. ނަމަވެސް އެހެނަކުން ނުވިއެވެ.
10 Dec 2023
ކުޅިވަރު
މިހާރު އޮތް ފޯމުގައި އެސްޓަން ވިލާ އެންމެ ފަހުން ފެނިފައިވަނި މީގެ 43 އަހަރު ކުރިން
އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިލާ ޕާކުގައި އެސްޓަން ވިލާ އިން، މި ސީޒަނުގައި ތައްޓަށް ވާދަކުރަމުން އަންނަ އާސެނަލް ވެސް ބަލިކޮށްފިއެވެ. ވިލާ އިން ވަނީ މީގެ ތިން ދުވަސް ކުރިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވެސް ވިލާ ޕާކުގައި ބަލިކޮށްފައެވެ.
10 Dec 2023
ކުޅިވަރު
އިތުރު ވަގުތުގައި އެލިއަޓް ކާމިޔާބުކުރި ގޯލުން ލިވަޕޫލް އެއްވަނައަށް
އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ލިވަޕޫލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ހާވޭ އެލިއަޓް ކާމިޔާބުކުރި ގޯލަކުން، 2-1 އިން ލިވަޕޫލް މޮޅުވެ އެ ޓީމު ލީގުގެ އެއްވަނައަށް އެރިއެވެ. އެއީ އާސެނަލްއަށް ވުރެން އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އަދި ހަފްތާ ނިމޭއިރު ވެސް ލިވަޕޫލް އެ މަގާމުގައި އޮންނާނެކަން ކަށަވަރުވީ، އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު، 1-0 އިން އެސްޓަން ވިލާ ކާމިޔާބު ކުރުމުންނެވެ.
08 Dec 2023
ކުޅިވަރު
އެންމެ ފަހުވަގުތާ ޖެހެންދެންވެސް ޕެލޭގެ ސަންތޯޝް ރެލިގޭޓުވާނެކަމަކަށް ހިޔެއް ނުކުރެވުނު
އެ ދުވަހަށްފަހު އެ ޓީމުގެ 111 އަހަރުވީ ދިގު ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ. އެއް އިރެއްގައި ބްރެޒިލްގެ އެންމެ ގަދަ ބާރު ވެސް މެއެވެ. ނަމަވެސް އެ ޓީމަށް މި ސީޒަނަކީ އެންމެ ނާކާމިޔާބު ސީޒަނެވެ. އެގޮތުން "ކެމްޕިއޮނާޓޯ ބްރަސިލޭރޯ ސީރީ އޭ" ނުވަތަ ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގެ އެންމެ ފަހު މެޗު ވެގެންގޮސްފައި މިވަނީ ސަންތޯޝްގެ މުޅި ތާރީޙް ބަދަލުވި މެޗަކަށެވެ.
08 Dec 2023
ކުޅިވަރު
ޓްރިޕިއާއަށް ހެދުނު ގޯސްތަކުގެ ބޭނުން ހިފައި ރެލިގޭޝަން ޒޯނުން އެވަޓަން ބޭރުވެއްޖެ
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެވަޓަން އާއި ނިއުކާސްލް ބައްދަލުކުރި މެޗު 3-0 އިން އެވަޓަން ކާމިޔާބުކޮށް، ރެލިގޭޝަން ޒޯނުން އެ ޓީމު ބޭރުވެއްޖެއެވެ. އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗުން ލިބުނު 3 ޕޮއިންޓާއެކީ މިހާރު އެ ޓީމަށް ޖުމްލަ 10 ޕޮއިންޓު ލިބިފައިވެއެވެ.
08 Dec 2023
ކުޅިވަރު
އުމުރުން އެންމެ 17 އަހަރުގެ އެންރިކްގެ ގޯލަކުން ޕަލްމީރަސްއިން ބްރެޒިލް ލީގު ކާމިޔާބުކޮށްފި
ލީގުގެ އެންމެ ފަހު ބުރުގެ މެޗުތަކަށް ދިޔައިރު، ޕަލްމެއިރަސްއިން ލީގުގެ ތަށި ކާމިޔާބު ކުރުމަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އެ ޓީމާ އެންމެ ކައިރިން ވާދަކުރީ އެތުލެޓިކޯ މިނެއިރޯ އާއި ފްލެމިންގޯއެވެ. މި ދެ ޓީމު ވެސް އޮތީ 66 ޕޮއިންޓާއެކު އޭރުވެސް އެއްވަނައިގައި އޮތް ޕަލްމެއިރަސްއަށް ވުރެން 3 ޕޮއިންޓު ފަހަތުގައެވެ.
07 Dec 2023
ކުޅިވަރު
ސިޓީއާ ދެކޮޅަށް ތާރީހީ މޮޅެއް ހޯދާ، ވިލާއިން ލީގު ތަށީގެ ރޭހަށް
ވިލާ ޕާކުގައި އުނާއި އެމްރޭގެ ވިލާއިން މި ހޯދި ތާރީހީ ކާމިޔާބާއެކީ، އެ ޓީމު މިވަނީ ސިޓީ ފަހަތަށް ޖައްސާލާ، ލީގުގެ ތިންވަނައަށް ކުރިޔަށް ޖެހި، ތަށީގެ ރޭހުގައި ރަގަޅަށް ފައިހަމަކޮށްފައެވެ.