Advertisement

08 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފުޓްސަލްގެ ރަސްކަމުގެ ތަހުތަށް ސައްޓު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުށީގެ އިޝާން އިބްރާޙިމް (ސައްޓު)އަށް މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރާއްޖޭގެ ފުޓްސަލް ކިންގުގެ ލަގަބު ލިބިއްޖެއެވެ.

ގައުމީ ފެންވަރުގައި ފުޓުބޯޅަ ކުޅެމުން އަންނަ ސައްޓު ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. 2019 ވަނަ އަހަރުގެ ހިތި ހަނދާންތަކާއެކު ރޭގެ ފައިނަލަށް ނިކުތް ސައްޓުގެ ހިތުގައި ތާރީހު ބަދަލުކުރުމަށް އޮތް ހިތްވަރާއި އަޒުމު ފާހަގަވީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި، މުޅި ޓީމުގެ ހިތްވަރު އައުކޮށްދިނުމަށް ލީޑު ނަގައިދިނުމުންވެސް މެއެވެ. އެ ގޯލަށް ފަހު އެ ޓީމަށް މެޗުގައި ލީޑު ގެއްލިފައެއް ނުވެއެވެ.

މީގެ ފަސް އަހަރު ކުރިން މި މުބާރާތުގެ ފައިނަލުގައި ތިމަރަފުށި އަތުން އޭދަފުށި ބަލިވި މެޗުގައި ސައްޓު ކުޅެފައިވުމުން، މި މުބާރާތުގެ ފައިނަލަކުން ބަލިވުމުގެ ހިތި ތަޖުރިބާ އޭނާއަށް ހުރީ އިހުސާސް ކުރެވިފައެވެ.   

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތައްޓާއެކީ، ސައްޓު މިވަނީ ފުޓުސަލްގެ އެންމެ ބޮޑު ދެ ދަށި ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްއާއެކު ކްލަބް މޯލްޑިވްސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ވެސް ސައްޓު ހިމެނުނެވެ. އޭނާގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުލުންތެރިންގެ ތެރޭގައި ދެން ހިމެނުނީ، މިދިޔަ އަހަރުގެ ފުޓްސަލް ކިންގް، ލ. ގަމުގެ ހުސެއިން ޝަރީފް (އޮންލީ) އާއި އެ ޓީމުގެ އަލީ ޝާމިސް އާއި ކ. ގާފަރުގެ އަލީ މާއިޝް (މައްޓު) އަދި އޭދަފުށި ޓީމުގެ ހައިޝަމް ހަސަންއެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ އޭދަފުށި ޓީމުގެ އަބްދުﷲ ނާސިހުއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރީ ފ. ބިލެތްދޫ ޓީމުގެ ޒިދާން ޒުހުރީއެވެ. އޭނާ ވަނީ ޖުމްލަ 18 ގޯލު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ލ. ގަމުގެ ކޯޗު އިސްމާއިލް ޝަރީފް ހޮވިފައިވާއިރު، އެންމެ އުއްމީދީ ކުލުންތެރިއަކަށް ހޮވިފައިވަނީ މަތިވެރި ޓީމުގެ އަލީ އަލްސަންއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.