Advertisement

02 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެމްބައްޕޭގެ ނިންމުމާއެކު، ޕީއެސްޖީއިން ނިމުމެއްގެ ފެށުމަށް ތައްޔާރުވަނީ

ފްރާންސް ލީގުގައި ރޭ، އެ ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި މޮނާކޯ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވިއިރު، މެޗުގެ ފުރަތަމަ ހާފަށްފަހު އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކީލިއަން އެމްބައްޕޭ ވަނީ ބަދަލުކޮށްފައެވެ. މިއީ ހަމަގައިމުވެސް ނިމުމެއްގެ ފެށުމަށް ޕީއެސްޖީގެ ކޯޗު ވާން ފަށާފައިވާ ތައްޔާރީތަކެއްކަން ޔަގީނެވެ.

އުމުރުން 25 އަހަރުގެ އެމްބައްޕޭ ވަނީ މި ސީޒަނަށްފަހު ސްޕެއިންގެ ރިއާލް މެޑްރިޑަށް ބަދަލުވާނެކަން ހާމަކޮށްފައެވެ. އަދި އޭގެފަހުން، އޭނާގެ މަންމަ މެޑްރިޑަށް ދަތުރުކޮށް، އެ ސިޓީއިން ގެއެއް ބަލާފައިވާކަމަށް ވެސް ހަބަރުތައް ފެތުރުނެވެ. އަދި އޭގެ ފަހުން ކުވެއިތުގެ އަމީރާއި ފްރާންސްގެ ރައީސާއެކު އެމްބައްޕޭ ބޭއްވި ބައްދަލުވުމަކީ، އޭނާގެ ޓްރާންފާއާ ގުޅުންހުރި ކަންތައްތަކެކެވެ.

ޕީއެސްޖީގެ ކޯޗު ލުއިޒް އެންރީކޭ ބުނީ، އެމްބައްޕޭ ފުރަތަމަ ހާފު ކުޅުމަށްފަހު ބަދަލުކުރުމަކީ އޭނާގެ ނިންމުމެއް ކަމަށާއި، އެމްބައްޕޭއާ ނުލައި ކުޅެން ފަރިތަ ކުރުމަކީ މިވަގުތު ޓީމަށް އެންމެ ރަގަޅު ގޮތް ކަމަށެވެ.

ޕީއެސްޖީއަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވާ އެމްބައްޕޭ ރޭގެ މެޗުގެ ފަހު ހާފު ބަލާފައިވަނީ ބެންޗު ދޫކޮށް ގޮސް، އޭނާގެ އާއިލާއާއެކުއެވެ. އޭނާވަނީ މިހާތަނަށް އެ ޓީމަށް 244 ގޯލު ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.