އެމްބައްޕޭގެ ނިންމުމާއެކު، ޕީއެސްޖީއިން ނިމުމެއްގެ ފެށުމަށް ތައްޔާރުވަނީ
ފްރާންސް ލީގުގައި ރޭ، އެ ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި މޮނާކޯ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވިއިރު، މެޗުގެ ފުރަތަމަ ހާފަށްފަހު އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކީލިއަން އެމްބައްޕޭ ވަނީ ބަދަލުކޮށްފައެވެ. މިއީ ހަމަގައިމުވެސް ނިމުމެއްގެ ފެށުމަށް ޕީއެސްޖީގެ ކޯޗު ވާން ފަށާފައިވާ ތައްޔާރީތަކެއްކަން ޔަގީނެވެ.