ކުޅިވަރު
26 Jun 2024
ޔޫރޯ 2024
އިންގްލެންޑްގެ ކޭމްޕް ދޫކޮށް ފޮޑެން ޔޫކޭއަށް ގޮސްފި
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައިވާ އިނގްލެންޑް ޓީމުގެ ޒުވާން މިޑްފިލްޑާ، ފިލް ފޮޑެން، އިންގްލެންޑްގެ ކޭމްޕު ދޫކޮށް އިނގިރޭސިވިލާތަށް ގޮސްފިއެވެ.
25 Jun 2024
ކުޅިވަރު
ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ
އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ދިވެހި ފުޓުބޯޅަ ސީޒަނުގައި ކުޅެފައިނުވާ ބަކާ އެންމެ ފަހުން ކުޅެފައިވަނީ، މިދިޔަ މެއި މަހު ފަހުކޮޅު ހެންވޭރު ދަނޑުގައި އެމް.އެސް. މޭޓްސް އިން އިންތިޒާމްކުރި ވެޓެރަންސް މުބާރާތުގައެވެ. އެއީ މެލޭޝިއާގައި އޮތް ވެޓެރެންސް މުބާރާތަކަށް ފަރިތަ ކުރުމުގެ ގޮތުން ބާއްވާފައިވާ މުބާރާތެކެވެ. ނަމަވެސް ޙައްޖުގެ އަޅުކަމަށް ފުރުމަށްޓަކައި، ބަކާ މެލޭޝިއާއަށް ދަތުރުކޮށްފައެއް ނުވެއެވެ.
23 Jun 2024
ފެތުން
އޮލިމްޕިކްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެ ތަމްސީލު ކުރާނީ އާން އަދި ޢުލްޔާ
މި އަހަރުގެ ޖުލައި 26 ގައި ފްރާންސްގެ ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެ ތަމްޞީލުކުރާނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤް ކަމުގައި ސްވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
22 Jun 2024
ޔޫރޯ 2024
މި ފަހަރުގެ ޔޫރޯއަށްފަހު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ދެން ނުފެނުމަކީ ގާތް ކަމެއް
ޖަރުމަނުގައި މިހާރު ކުރިޔަށްދާ ޔޫރޯ 2024 ފުޓުބޯޅަ މުބާރާތަށްފަހު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމަށް ވަނީ އިއުލާންކޮށްފައެވެ. އަދި މީގެ ތެރޭގައި، ކްލަބު ކެރިއަރ ވެސް ނިންމާލައި، ޕްރޮފެޝަނަލް ކެރިއަރ ނިންމާލާނެކަމަށް އިއުލާންކޮށްފައިވާ ކުޅުންތެރިން ހިމެނެއެވެ.
21 Jun 2024
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުން އާޖެންޓީނާ މޮޅުވި އިރު މެސީއަށް އައު ރެކޯޑެއް
ގައުމުތަކުގެ މެދުގައި ކުޅޭ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ މުބާރާތްކަމުގައިވާ، ކޮންމެބޯލް ކޮޕާ އެމެރިކާގެ 48ވަނަ މުބާރާތުގެ ފުރަތަމަ މެޗު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ، މުބާރާތުގައި އަލަށް ވާދަކުރާ ކެނަޑާ 2-0 އިން ބަލިކުރުމަށްފަހުއެވެ.
21 Jun 2024
ޔޫރޯ 2024
ކެލެފިއޯރީ އަތުން ބައިކޮޅަށް ވަތް ގޯލާއެކު ސްޕެއިނުން ގްރޫޕްގެ އެއްވަނަ ޔަގީންކޮށްފި
ގްރޫޕް ސްޓޭޖުގެ އެއް މެޗު ބާކީ އޮއްވައި ސްޕެއިން އިން ގްރޫޕް-ބީ ގެ އެއްވަނަ ޔަގީންކޮށް، ގަދަ-16 އިން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ހަމައެކަނި ފެނިގެން ދިޔަ ގޯލަކީ އިޓަލީގެ އުއްމީދީ ޑިފެންޑަރ، ރިކާޑޯ ކެލެފިއޯރީ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
19 Jun 2024
ޔޫރޯ 2024
ރީތި ގޯލަކާއެކު ޔޫރޯގެ ރެކޯޑު ފޮތުން ގޫލާ ޖާގަ ހޯދައިފި
މުޅިން އަލަށް ޔޫރޯއަށް ކޮލިފައިފި ޖޯޖާ އާއި ބައްދަލުކުރި މެޗުގައި ތުރުކީގެ ޒުވާން ފޯވާޑު، އާރދާ ގޫލާރ ކާމިޔާބުކުރި ރީތި ގޯލާއެކު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދައިފިއެވެ.
18 Jun 2024
ކުޅިވަރު
މުސިއާލާ އިނގިރޭސި ސީނިއަރ ޓީމަށް ކުޅެން ބޭނުންނުވީ ކީއްވެގެންކަން އެނގޭތަ؟
އަރަމުން އަންނަ ތަރި، ޖަމާލް މުސިއާލާއަކީ މޮޅު ކުޅުންތެރިއެއްކަން އޭނާވަނީ ޖަރުމަނާއި ސްކޮޓްލަންޑު ބައްދަލުކުރި ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި ވެސް ސާބިތުކޮށްދީފައެވެ. އޭނާގެ މި ހުނަރާއި، މިހާރުގެ އިނގިރޭސި ގައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިފައި ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ، އިނގިރޭސި ޖޫނިއަރ ޓީމާއެކު މުބާރާތްތަކެއް ކުޅެ، އަދި ޗެލްސީގެ އެކަޑަމީއިން ނިކުތް މުސިއާލާ އިނގިރޭސި ސީނިއަރ ޓީމާއެކު މުބާރާތަކަށް ނިކުތުމުގެ ބަދަލުގައި، ޖަރުމަނު ގައުމީ ޓީމަށް ކުޅެން ފެށި ސަބަބެވެ.
16 Jun 2024
ޔޫއެފާ ޔޫރޯ
ޔޫރޯގެ ތާރީހުގައި އެންމެ އަވަސް ގޯލު އިޓަލީއާ ދެކޮޅަށް ކާމިޔާބުކޮށްފި
ޔޫއެފާ ޔޫރޯގެ ތާރީހުގައި އެންމެ އަވަހަށް ކާމިޔާބުކުރި ގޯލު އިޓަލީއާ ދެކޮޅަށް އަލްބޭނިއާގެ ނެދިމް ބަޖްރަމީ ކާމިޔާބުކޮށްފިއެވެ. އޭނާ މި ގޯލު ކާމިޔާބުކޮށްފައިވަނީ ޔޫރޯ 2024ގެ ގްރޫޕް-ބީގެ ދެވަނަ މެޗުގައެވެ. އިޓާލިއަން ސީރިއާގެ ސަސުލޯއަށް ކުޅެމުން އަންނަ ބަޖްރަމީގެ މި ތާރީހީ ގޯލު ފެނިގެން ގޮސްފައިވަނީ، އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އެއްލުމެއްގެ ބޭނުން ހިފައި، މެޗު ފަށައިގެން 22 ސިކުންތުގެ ތެރޭގައެވެ.
15 Jun 2024
ފެތުން
ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެޤައުމުގެ 19 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގައި އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ދިވެހި ރާއްޖޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. މި ރެކޯޑު އާކޮށްފައިވަނީ ކުރިން ވެސް މި ރެކޯޑު އޮތް މިރާލް ޢައިން ލަތީފްއެވެ.
14 Jun 2024
ޔޫރޯ 2024
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ތަފާތު ދައްކާނެކަމަށް ބެލެވޭ ބައެއް ކުޅުންތެރިން
ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު ދެން އެންމެ ގިނަ މީހުން ބަލާ މުބާރާތަކީ، ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތް ހުކުރު ދުވަހުގެރޭ ފެށުމަށް ހަމަޖެހިފަހިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ސްކޮޓްލެންޑެވެ.
01 Jun 2024
ސައުދީ އަރަބިއްޔާ
ރޮނާލްޑޯގެ އަލް-ނަސްރު ހިތިގޮތަކަށް ސައުދީ ކިންގްސް ކަޕުގެ ފައިނަލުން ބަލިވެއްޖެ
ސައުދީ ކިންގްސް ކަޕްގެ ފައިނަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރު ހިތިގޮތަކަށް ބަލިވެއްޖެއެވެ. އަލް-ހިލާލްއާ ދެކޮޅަށް ކުޅުނު މި ފައިނަލުން އަލް-ނަސްރު ބަލިވެފައިވަނީ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.
30 May 2024
ބާސެލޯނާ
ޒަވީ ފޮނުވާލުމަށްފަހު ބާސެލޯނާގެ ކޯޗަކަށް ހެންސީ ފްލިކް ހަމަޖައްސައިފި
މީގެ ކުރިން ޖަރުމަނުގެ ގައުމީ ޓިމާއި ބެޔާން މިއުނިކުގެ ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައިވާ ހެންސީ ފްލިކް، ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އެ ކުލަބުން އެކަން އިއުލާންކޮށްފައިވަނީ ބުދަ ދުވަހުގެ ހަވީރުއެވެ.
29 May 2024
ޖަރުމަން ބުންޑަސްލީގާ
ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމާ ކޮމްޕެނީ ހަވާލުވެއްޖެ
ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ބެޔާން މިއުނިކުގެ އައު ކޯޗަކަށް، ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފިއެވެ. ބެޔާންއާ ކޮމްޕެނީ މި ހަވާލުވީ 3 އަހަރުގެ ކޮންޓްރެކްޓެއްގައެވެ.
26 May 2024
ބެޔާން ލެވަކޫސެން
ލެވަކޫސެން އިން އެ ކުލަބުގެ ތާރީހުގައި މުޅިން އަލަށް ޖަރުމަން ކަޕް ކާމިޔާބުކޮށްފި
ބެޔާ ލެވަކޫސެންގެ މި ތާރީހީ ސީޒަނުގައި ޖަރުމަނު ލީގުގެ އިތުރުން، އެ ކުލަބުން ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްފިއެވެ. އޮލިމްޕިއާސްޓޭޑިއަން ބާލިން ސްޓޭޑިއަމްގައި އެފްސީ ކެއިސާލޫޓާން އާ ބައްދަލުކުރި މެޗު ލެވަކޫސެން އިން ކާމިޔާބުކުރީ 1-0 އިންނެވެ.
26 May 2024
އިންގްލިޝް އެފްއޭ ކަޕް
ނަވާރަ އަހަރުގެ ގަނާޗޯ އަދި މައިނޫގެ ގޯލުތަކުން ސިޓީ ބަލިކޮށް ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބުކޮށްފި
އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާގެ ދެ ޓީމު ބައްދަލުކުރި މެޗު އެންމެން ސިއްސުވާލުމަށްފަހު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ. ފާއިތުވި 35 އަހަރަށް ބަލާއިރު، ލީގުގައި އެންމެ ދަށް ނަތީޖާއެއް ނެރެވުނު މި ސީޒަން ތައްޓަކާއެކު ޔުނައިޓެޑުން ނިންމާލާނެކަމަށް އެ ޓީމުގެ ސަޕޯޓަރުން ވެސް ގަބޫލު ނުކުރާނެއެވެ.