Advertisement

14 Sep 2024
ކުޅިވަރު

ޖޫނިއާރ އެތުލެޓިކްސް މުބާރާތުން ރާއްޖެއަށް ދެ ބްރޯންޒް މެޑަލް

އިންޑިއާގެ ޗެންނާއިގައި ކުރިއަށްދާ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ، 4 ގުނަ 100 މީޓަރުގެ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ހަތަރެއް ގުނަ ސަތޭކަ މީޓަރު އިވެންޓުގައި ރާއްޖެ ތަމްސީލުކޮށްފައި ވަނީ މުހައްމަދު މިންހާލް ޝާމިން (މިންކޮ)، އިބްރާހިމް ނާހިލް ނިޒާރު، ޒުއިޒް މުހައްމަދު ސުއާދު އަދި ހުސެއިން ޒީކް ސުއާދުއެވެ. މި އެތުލީޓެން ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިނީ 41.98  ސިކުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ އެއްވަނަ 40.28 ސުކުންތުން ސްރީ ލަންކާ ހޯދިއިރު، ދެވަނަ އަށް ދިޔަ އިންޑިއާ އަށް ރޭސް ނިންމުނީ 40.76 ސިކުންތުންނެވެ.

ހަތަރެއް ގުނަ ސަތޭކަ މީޓަރުގެ އަންހެން އިވެންޓުން ލޯ މެޑަލް ހޯދާފައުވަނީ 48.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ މަރިޔަމް ރޫޔާ އަލީ، އަހުނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ހައްވާ މުޒްނާ ފާއިޒުއެވެ.

އަންހެން އިވެންޓުން ވެސް ރަން މެޑަލް ހޯދީ ލަންކާއެވެ. އެމީހުން ރޭސް ނިންމީ 46.48 ސިކުންތުންނެވެ. އަދި ދެވަނަ ހޯދި އިންޑިއާ ރޭސް ނިންމީ 45.08 ސިކުންތުންނެވެ.

މި މެޑަލްތަކާއެކު ސައުތު އޭޝިއަން ޖޫނިއާ މުބާރާތްތަކުގައި މިހާތަނަށް ރާއްޖޭން ހޯދި މެޑަލްތަކުގެ ޖުމްލަ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދުވުންތެރިން ވަނީ ޖޫނިއާ ގައުމީ ރެކޯޑަށް ވުރެ އަވަސް ޓައިމިން އެއްގައި ބައެއް އިވެންޓްތައް ނިންމައިފަ އެވެ. އެ ރެކޯޑްތައް ރަސްމީ ވެގެންދާނީ، އެތުލެޓިކްސް އެސޯސިއޭޝަނުން ރެކްޓިފައި ކުރުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.