Advertisement

ރާއްޖޭގެ ޓީއެފްޓީ އާއި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން، ފޮޓޯ: ރެޑް ބުލް

14 Sep 2024
ކުޅިވަރު

ރާއްޖޭގެ ޓީއެފްޓީ ރެޑްބުލް ފޯ ޓު ސްކޯގެ ވޯލްޑް ފައިނަލްގެ ދެވަނަ ބުރުން ޖާގަ ހޯދައިފި

ޖަރުމަނުގެ ލެޕްޒިގްގައި މިހާރު ކުރިޔަށްދާ ރެޑްބުލް ފޯ ޓު ސްކޯގެ ވޯލްޑް ފައިނަލްގެ ދެވަނަ ބުރުން ރާއްޖޭގެ ޗެމްޕިއަން، ދި ފުޓްސަލް ޓައުން (ޓީއެފްޓީ) ޖާގަ ހޯދައިފިއެވެ.

ހުކުރު ދުވަހު ފެށި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީއެފްޓީ ވާދަކުރީ ވަރުގަދަ ގްރޫޕެއްގައެވެ. ދުނިޔޭގެ 25 ގައުމެއްގެ ވޯލްޑް ޗެމްޕިއަނުން ވާދަކުރާ މި މުބާރާތުގެ ރާއްޖޭގެ ޓީއެފްޓީ ހިމެނޭ ގްރޫޕްގައި އެ ޓީމުގެ އިތުރުން ދެން ހިމެނުނީ، އިންޑިއާ، އޮސްޓްރިއާ، ބްރެޒިލް އަދި އެމެރިކާއެވެ.

ފުރަތަމަ މެޗުގައި އިންޑިއާ އަތުން ރާއްޖެ 5-1 އިން މޮޅުވި އިރު، ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރިއާ އަތުން ރާއްޖެ ބަލިވީ ވަރަށް ހަނިކޮށް، 3-2 އިންނެވެ. އަދި ބްރެޒިލް މެޗުން 6-4 އިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު، އެމެރިކާ އަތުން ޓީއެފްޓީ ބަލިވީ 5-1 އިންނެވެ.

ދެވަނަ ބުރުގައި ޓީއެފްޓީ ކުޅޭނީ ކޮރޭޝިއާއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 1:30 ގައެވެ.

ޓީއެފްޓީ ރެޑްބުލް ފޯ ޓު ސްކޯގެ ކޮލިފައިން މެޗުތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގައި ޖުމްލަ 16 ޓީމުން ވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން ނުވަ ޓީމަކީ މާލެއިން ބޭރުގައި ބޭއްވި ކޮލިފައިން ބުރުތައް ކާމިޔާބުކުރި ޓީމުތަކެވެ.

މާލެ ސަރަހައްދުން ހަތް ޓީމެއް ރާއްޖޭގެ ފައިނަލް ބުރުގައި ވާދަކޮށްފައިވާ އިރު، މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ އިން ހޯދީ ފައިނަލުގައި ޓީމް ބަޖިޔާ ބަލިކޮށްގެންނެވެ. ޓީއެފްޓީ ޓީމުގައި ހިމެނެނީ، މުހައްމަދު ޝައްފާން (ޝާކާ)، މުހައްމަދު ވިލްފް، އިސްމާއިލް މުނީޒް، އަހުނަފް ރަޝީދު (އަހުއްކޮ) އަދި އިބްރާހިމް ނާޖިހު (ހޭޓް)އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.