Advertisement

ރާއްޖެ ޓީމުގެ އިލާން ބޮލުން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ސާފް

23 Sep 2024
ކުޅިވަރު

ބަނގުލަދޭޝް މެޗުން ޕޮއިންޓެއް ނަގައި ރާއްޖެ އުއްމީދުގައި

ބޫޓާނުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕްގެ ދެވަނަ މެޗުގައި ބަނގުލަދޭޝްއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދާ، މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމުގެ އުއްމީދު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން އައުކޮށްފިއެވެ.

ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުން އެއްވަރުކޮށްފައިވަނީ އެ ޓީމުން ގޯލެއް ޖަހާފައިވަނިކޮށް، މެޗު ނިމެން 11 މިނެޓަށްވެފައި ހުއްޓައެވެ. ބަނގުލަދޭޝްއިން ލީޑު ނެގީ މެޗުގެ 49 ވަނަ މިނެޓުގައެވެ. އަދި ރާއްޖޭގެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 79 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާންއެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާއެވެ. އިންޑިއާއާއި ބަނގުލަދޭޝް ބައްދަލުކުރި މެޗު 1-0 އިން އިންޑިއާ ކާމިޔާބުކޮށްފައިވުމުން، ސެމީ ފައިނަލުން ޖާގަ ހޯދުމަށް ރާއްޖޭގެ ޓީމުން އެންމެ މަދުވެގެން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮއިންޓެއް ހޯދަން ޖެހޭނެއެވެ.

މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އިންޑިއާއެވެ. އަދި ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ވަނީ ޕޮއިންޓެއް ލިބިފައެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ ގްރޫޕްގެ ފަހު މެޗު އޮންނާނީ އަންގާރަ ދުވަހެވެ.

ކޮމެންޓް
ޙެޔޮ ވިސްނޭ
އިރާދަ ކުރެއްވިއްޔާ ރާއްޖެ މުބާރާތުން ކަޓާނެ.
23 Sep 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.