Advertisement

އަހްޔާރު، ގައުމީ މުބާރާތުގެ ތަށިތައް ހިފައިގެން.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު

08 Sep 2024
ގައުމީ ޓީޓީ މުބާރާތް

މުންސިފް ބަލިކޮށް ގައުމީ ޓީޓީ މުބާރާތުގެ ޗެމްޕިއަންކަން އަހްޔާރު ހޯދައިފި

62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގައި، އެ ތަށި 11 ފަހަރު ހޯދާފައިވާ މޫސާ މުންސިފް ބަލިކުރުމަށްފަހު، 16 އަހަރުގެ ޒުވާން ކުޅުންތެރިޔާ، އަހްޔާރު އަހުމަދު ހާލިދު ޗެމްޕިއަންކަން ހޯދައިފިއެވެ.

މާލޭގެ ކުޅިވަރު އެކުވެނީ ޓީޓީ ހޯލުގައި ހޮނިހިރު ދުވަހު ކުޅުނު ފައިނަލުގެ ފުރަތަމަ 3 ސެޓު ގެންދިޔައީ އަހްޔާރުއެވެ. އެއީ 12-10، 11-1 އަދި 11-08 އިންނެވެ. ނަމަވެސް، ސީދާ ހަތަރު ސެޓުން އަހްޔާރަށް މެޗު ނުގެންދެވުނީ، ޖެހިގެން އައި 3 ސެޓު މުންސިފް ގެންދިއުމުންނެވެ. މި ސެޓުތައް މުންސިފް ކާމިޔާބު ކުރީ 08-11، 05-11 އަދި 06-11 އިންނެވެ.

އަހްޔާރު މެޗު ކާމިޔާބު ކުރީ ފަހު ސެޓު 11-07 އިން ކާމިޔާބު ކޮށްގެންނެވެ. އެހެންކަމުން، މި މެޗަށް އައިއިރު، އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ ރޭންކިންގެ އެއް ވަނަ ހޯދައިފާ މުންސިފަށް މިއީ މި މުބާރާތުގެ ފައިނަލުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ވިދިވިދިގެން ތިން ވަނަ ފައިނަލެވެ.

މީގެ އިތުރުން އަހްޔާރު ވަނީ 19 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަމާއި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މިކްސް ޑަބަލްގައި އޭނާގެ ޕެއާރ އަކީ ފާތިމަތު ދީމާ އަލީއާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.