ގައުމީ މުބާރާތުގެ ޗެމްޕިއަންކަން އަނެއްކާ ވެސް ދީމާ ހޯދައިފި
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން، ޖެހިޖެހިގެން 5 ވަނަ ފަހަރަށް ރާއްޖޭގެ އުއްމީދީ ތަރި ފާތިމަތު ދީމާ އަލީ ކާމިޔާބުކޮށްފިއެވެ. އުމުރުން 16 އަހަރުގެ ދީމާ މި ތަށި ކާމިޔާބު ކުރީ ސީދާ 4 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.