Advertisement

ގައުމީ މުބާރާތުގެ ފައިނަލްގައި ޝައްފާން ---

03 Nov 2023
ކުޅިވަރު

މި އަހަރުގެ ބޮޑު ދެ މުބާރާތުގައި ވެސް މުންސިފް ބަލިކޮށް ތަށި ނެގީ ޝައްފާން

61 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު ޝައްފާން އިސްމާއީލް ދިފާއުކޮށްފިއެވެ. ޝައްފާން މި ތަށި ކާމިޔާބުކުރީ ބުރާސްފަތި ދުވަހުގެ ރޭ މޫސާ މުންސިފް އަޙްމަދު ބަލިކުރުމަށްފަހުއެވެ.

މުންސިފްއަކީ މި ތަށި 11 އަހަރު ހޯދާފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް ކުޅުންތެރިޔާއެވެ. ނަމަވެސް މުންސިފް ބަލިކުރަން މިހާރު ޝައްފާން ދަސްކޮށްފިއެވެ. މިދިޔަ އަހަރުގެ ގައުމީ ފައިނަލްގައި މުންސިފް ބަލިކުރުމުގެ އިތުރުން، ޝައްފާންގެ މި ތައްޓަކީ މުންސިފާ ދެކޮޅަށް މި އަހަރު ހޯދި ދެވަނަ ތައްޓެވެ. މިދިޔަ ހަފުތާގައި ނިމިގެން ދިޔަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެސް އޭނާ ހޯދީ މުންސިފް ބަލި ކުރުމަށް ފަހުއެވެ.

މިދިޔަ އަހަރުގެ ގައުމީ ފައިނަލުގައި ވާދަކުރީވެސް މި ދެ ކުޅުންތެރިންނެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ޝައްފާނަށް ލިބުނީ މެޗުގެ ތެރެއިން އަނިޔާވެ މުންސިފް މެޗު ދޫކޮށްލުމުންނެވެ. މުންސިފް މެޗު ދޫކޮށްލިއިރު ކުރީގައި އޮތީވެސް ޝައްފާންއެވެ. މި ދެ ކުޅުންތެރިން ވަނީ މިދިޔަ ހަފްތާގައި ނިމުނު އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ފައިނަލުގައިވެސް ވާދަކޮށްފައެވެ. މި މެޗު ޝައްފާން ކާމިޔާބުކުރީ މުންސިފް ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ސެޓު ހޯދައިގެންނެވެ.

ގައުމީ މުބާރާތުގެ ފައިނަލުގައި މުންސިފް ބަލިކުރީ، އޭނާ ފުރަތަމަ ސެޓު 11-8 ހޯދާފައިވަނިކޮށް ފަހަތުން އަރާ 4 ސެޓު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފަހު ހަތަރު ސެޓު ޝައްފާން ކާމިޔާބުކުރީ 11-6، 11-6، 11-6 އަދި 11-7 އިންނެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި ޕެއާގައި ވެސް ޝައްފާން ހިމެނެއެވެ. އޭނާ އާއި މުހައްމަދު ތާބިން ސުޖާއުގެ ޕެއާ ޗެމްޕިއަންކަން ހޯދި އިރު، ރަނާސްއަޕްއަކީ މޫސާ މުންސިފް އަހުމަދު އާއި އަލީ އާދަމް މަނިކު (އަލިބެ) އެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފް އާއި ޖުމާނާއެވެ. އަދި ދެވަނަ ހޯދީ ޝައްފާން އާއި ދީމާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.