Advertisement

ދީމާ، ގައުމީ މުބާރާތުގައި ލިބުނު ތަށިތަށް ހިފައިގެން.--- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް

09 Sep 2024
ގައުމީ ޓީޓީ މުބާރާތް

16 އަހަރުގެ ދީމާ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 5 ވަނަ ފަހަރަށް ހޯދައިފި

62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން، ޖެހިޖެހިގެން 5 ވަނަ ފަހަރަށް ރާއްޖޭގެ އުއްމީދީ ތަރި ފާތިމަތު ދީމާ އަލީ ކާމިޔާބުކޮށްފިއެވެ. އުމުރުން 16 އަހަރުގެ ދީމާ މި ތަށި ކާމިޔާބު ކުރީ ސީދާ 4 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.

މާލޭގެ ކުޅިވަރު އެކުވެނީ ޓީޓީ ހޯލުގައި ހޮނިހިރު ދުވަހު ކުޅުނު ފައިނަލުގައި ދީމާއާ ދެކޮޅަށް ވާދަކުރީ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާ އާއި ދެކޮޅަށް ދީމާ ސެޓުތައް ގެންދިޔައީ 11-08، 12-10، 11-03 އަދި 11-08 އިންނެވެ.

ސިންގަލްސް ޗެމްޕިއަންގެ އިތުރުން ދީމާ ވަނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މިކްސް ޑަބަލްސްގައި އޭނާގެ ޕެއާ އަކީ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަން އަހްޔާރު އަހުމަދު ހާލިދުއެވެ. އަދި ޑަބަލްސްގައި މިޝްކާ މުހައްމަދު އިބްރާހިމްއެވެ.

ގައުމީ މުބާރާތަށް ފަހު، ދީމާ އަށް ދެން މި އަހަރު އޮތް މުބާރާތްތަކީ، ތައިލެންޑާއި ވިއެޓްނާމްގައި އޮތް ޑަބްލިއުޓީޓީ މުބާރާތްތަކެވެ.

މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ދީމާ ވަނީ ގައުމީ ޓީމުގެ ރޭންކިން މުބާރާތުގެ އެއް ވަނަ އަނެއްކާ ވެސް ހޯދުމުގެ އިތުރުން، އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ތަށި ދިފާއުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.