Advertisement

ގައުމީ މުބާރާތުގައި ހޯދި 3 ތައްޓާއެކު ދީމާ --- ފޮޓޯ: ނިޝާން އަލީ

03 Nov 2023
ކުޅިވަރު

ގައުމީ ތަށި މި ފަހަރުވެސް ދީމާއަށް، ފަސްއެނބުރި ބެލުމެއް ނެތް

61 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ދީމާ މި ހޯދި ކާމިޔާބީއާއެކީ، އޭނާ ވެގެން ގޮސްފައިމިވަނީ ވިދިވިދިގެން ގައުމީ ތަށި 4 ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މި ފަހަރު ފައިނަލުގައި ދީމާ ބައްދަލުކުރީ ފާތިމަތު ޖުމާނާ ނިމާލްއާ ދެކޮޅަށެވެ. މި މެޗު ދީމާ ގެންދިޔައީ ސީދާ 4 ސެޓުން، 11-9، 11-6، 11-6، އަދި 11-5 އިންނެވެ.

ގައުމީ މުބާރާތުގައި މިދިޔަ 3 ފައިނަލުގައި ވެސް ދީމާ ވާދަކުރި ރަފާ ނާޒިމް މިފަހަރުގެ މުބާރާތުގައި ނުކުޅެއެވެ. ރަފާ ހުރީ މަތީ ތައުލީމް ހާސިލް ކުރުމަށް މިވަގުތު އިނގިރޭސިވިލާތުގައެވެ. ދީމާ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި މަލާކު ބިންތި މުއިއްޒު ބަލިކުރުމަށް ފަހުއެވެ. އަދި ޖުމާނާ ފައިނަލް ކަށަވަރުކުރީ އުއްމީދީ ތަރި މިޝްކާ މުހައްމަދު އިބްރާހިމް ބަލިކޮށްފައެވެ.

މި މުބާރާތުގައި ދީމާ ވާދަކުރި އެހެން އިވެންޓްތަކުން ގެއްލިފައިވަނީ މިކްސް ޑަބަލްސް އެކަންޏެވެ. މުހައްމަދު ޝައްފާން އިސްމާއީލާ ހިއްސާވެ، އެ ޕެއާ ފައިނަލުގައި ބަލިވީ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖުމާނާ އާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ އަތުންނެވެ. ދީމާ ވަނީ 17 އަހަރުންދަށުގެ ސިންގަލްސް ޗެމްޕިއަންކަމާއި އަދި މިޝްކާ މުހައްމަދު އިބްރާހިމްއާ ހިއްސާވެ އެ އުމުރުފުރާގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.