Advertisement

މޯލްޑިވްސް މުއޭ ތައި އެކަޑެމީ އާއި ޑަބްލިޔުބީސީ ސްރީލަންކާ ލީގުގައި ވާދަކުރާ ފައިޓަރުންނާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: މަސީހު / ނޫން

05 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ތައި ބޮކްސިންގައި މުޅިން އަލަށް ދިވެހި ޓީމެއް ވާދަކުރަނީ

މުއޭ ތައި ނުވަތަ ތައި ބޮކްސިންގެ ގައުމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ޓީމެއް ވާދަކުރުމަށް ނިންމައިފިއެވެ. މޯލްޑިވްސް މުއޭ ތައި އެކަޑެމީ އިން ހާމަކޮށްފައިވާ ގޮތުގައި، އެ އެކަޑަމީ އިން ފުރަތަމަ ވާދަކުރުމަށް ނިންމާފައިވަނީ ވޯލްޑް ބޮކްސިން ކައުންސިލް (ޑަބްލިޔުބީސީ) ސްރީލަންކާ ލީގުގައެވެ. 

މި މުބާރާތުގެ ތައްޔާރީތައް ފެށުމުގެ ގޮތުން، މޯލްޑިވްސް މުއޭ ތައި އެކަޑެމީ އާއި ޑަބްލިޔުބީސީ ސްރީލަންކާ ލީގުގައި ވާދަކުރާ ފައިޓަރުންނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިކަމަށްޓަކައި ބުދަ ދުވަހުވެރޭ ވަނީ ފައިޓް ސޯލް އެމްވީ ގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. 

މި ރަސްމިއްޔާތާ ގުޅިގެން މޯލްޑިވްސް މުއޭ ތައި އެކަޑެމީ އިން ހާމަކޮށްފައިވާ ގޮތުގައި، އެ ހަފްލާއަކީ ދިވެހި ރާއްޖެއަށް ތާރީހީ ހަފްލާއެއް ކަމަށާއި، އެއީ މުއޭ ތައި ރާއްޖޭގައި ކުރިއަރަމުން އަންނަ ދުވެލި ހާމަކޮށްދޭ އަލިގަދަ ނިޝާނެކެވެ. އަދި އެއީ ބައިނަލްއަގްވާމީ މައިދާންތަކުގައި ދިވެހިންގެ ހުނަރާއި ހިއްވަރު ދައްކާލުމަށް ފަހިވެގެންދާ އިތުރު ފުރުސަތެއް ކަމަށް ވެސް އެ އެކަޑަމީ އިން ފާހަގަކުރެއެވެ.

ފައިޓް ސޯލް އެމްވީގެ ޓްރެއިނިންއަކަށްފަހު ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ފައިޓް ސޯލް އެމްވީ

މި އަހަރުގެ ނޮވެމްބަރު 23 ގައި ސްރީލަންކާގެ ކޮލަމްބޯގައި އޮންނަ  ޑަބްލިޔުބީސީ ސްރީލަންކާ ލީގުގައި ވާދަކުރާ ދިވެހި ފައިޓަރުން: 

1. އަޙުމަދު އީލާފް ނަދީމް

2. ޑރ. ރާއިދު އިސްމާއީލް

3. އައިމިނަތު ލަމްހާ ޚާލިދު

4. މުޙައްމަދު ސައިފްޝާން އަބްދުالله

5. ފާތިމަތު ނައުމާ ނަސީރު

6. އަޙުމަދު ޝާހް

7. މުޙައްމަދު ރާއިދު

8. ދަނިއަލް އަޙުމަދު ޒަކީ

9. އަލީ ވިޝާމް

މުއޭ ތައި އަކީ ކުރުމުއްދަތަކުން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކުޅިވަރެކެވެ. އެގޮތުން ދުނިޔޭގެ 95 ގައުމަށް ވުރެން ގިނަ ގައުމުގައި މިހާރު މި ކުޅިވަރު ކުޅެއެވެ. ރާއްޖޭގެ މުއޭ ތައި އެކަޑެމީ ގާއިމްކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ. އަދި ރާއްޖޭގައި މި ކުޅިވަރު ފަށާފައިވަނީ ޑަބްލިޔުބީސީ ސްރީލަންކާގެ ބާނީން ކަމުގައިވާ މިރާން ނިލާންގަނަ އާއި ރޯޝަން ދުމިންޑާގެ އިތުރުން އެތާންގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ، ވިމުކްތި އަބެނަޔަކެގެ އެހީތެރިކަމާ އެކުއެވެ. ރާއްޖޭގެ މުއޭ ތައި އެކަޑެމީގެ ބާނީއަކީ ފިރުޝާން އަލީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.