Advertisement

23 Sep 2024
ކުޅިވަރު

ޖޯޖިއާގެ ބެޑްމިންޓަން މުބާރާތުން ލައިބާއަށް ދެ މެޑަލް

ޖޯޖިއާގައި ކުރިއަށްދިޔަ ބަޓޫމީ ކަޕްގައި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ، ލައިބާ އަހުމަދު މަހުލޫފް (އެލީ) ދެ މެޑަލް ހޯދައިފިއެވެ.

ލައިބާ ހޯދި ދެ މެޑަލްގެ ތެރެއިން އެއް މެޑަލް އަކީ، 13  އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން ހޯދި ލޯ މެޑަލް އެކެވެ. ދެވަނައަށް އޭނާ ހޯދީ އަންހެން ޑަބަލްސް އިން ރިހި މެޑަލްއެވެ.

ސިންގަލްސް މެޗުގައި ލައިބާ ވާދަކޮށްފައިވަނީ އާރްމީނިއާގެ 13 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާއާއެވެ. އެ މެޗުން ލައިބާ ބަލިވެފައިވަނީ ސީދާ ދެ ސެޓުން، 25-23  އަދި 21-13 އިންނެވެ.

ޑަބަލްސްގައި ފައިނަލުން ބަލިވިއިރު، އެ ކެޓަގަރީގައި ލައިބާގެ ޕާޓްނަރަކީ، ސިންގަލްސްގެ ސެމީ ފައިނަލްގައި އޭނާ ބަލިކުރި އަރްމީނިއާގެ ކުޅުންތެރިޔާއެވެ.

ބަޓޫމީ ކަޕްގައި، އާރްމީނިއާ، އަޒަރުބައިޖާން، ތުރުކީ، ކަޒަކްސްތާން އަދި ޖޯޖިއާގެ ޖޫނިއާ ރޭންކިން އަށް ބަލާއިރު، ރަނގަޅު ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

އަދި މި މުބާރާތުން ހޯދި ކާމިޔާބީތަކާއެކީ، ބައިނަލްއަގްވާމީ މުބާރާތް ތަކުގައި ލައިބާ ހޯދާފައިވާ މެޑަލްތަކުގެ މިހާރުގެ އަދަދަކީ 14 އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.