Advertisement

ސެމީ ފައިނަލްގައި ޕޮއިންޓެއް ހޯދުމަށްފަހު ދިވެހި ކުޅުންތެރިޔާ ފޯރި ނަގަނީ، ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް

11 Sep 2024
ކުޅިވަރު

ސެމީގައި ތަޖިކިސްތާނު ބަލިކޮށް ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި

ދިވެހިރާއްޖޭގައި މިހާރު ކުޅެމުންދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި ތަޖިކިސްތާނު ބަލިކުރުމަށްފަހު، ރާއްޖެ ފައިނަލަށް ދަތުރުކޮށްފިއެވެ. ސެމީ ފައިނަލުގައި ދިވެހިރާއްޖެއިން ތަޖިކިސްތާނު ބަލިކޮށްފައި ވަނީ 3-1 ސެޓުންނެވެ.

އަންގާރަ ދުވަހުގެރޭ މާލޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ދިވެހިރާއްޖެއިން، 25-17 އިންނެވެ. ނަމަވެސް ރާއްޖެއަށް ލީޑު އިތުރަށް ފުޅާ ކުރެވޭނެ ފުރުސަތެއް ނުދީ، ތަޖިކިސްތާނުން ދެވަނަ ސެޓު 22-25 އިން ގެންދިޔައެވެ.

މި ސެޓަށްފަހު އަނެއްކާ ވެސް ތަޖިކިސްތާނުގެ މައްޗަށް ރާއްޖެ ކުރިހޯދިއެވެ. އެގޮތުން މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ގެންގޮސް، 3-1 ސެޓުން ރާއްޖެ މެޗު ކާމިޔާބު ކުރިއެވެ. މި ދެ ސެޓު ރާއްޖެއިން ކާމިޔާބު ކުރީ 12-25 އަދި 25-17 އިންނެވެ.

ލީގު ބުރުގައި ވެސް ރާއްޖެއިން ވަނީ 3-1 ސެޓުން ކިރިގިސްތާނު ބަލިކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރެއެވެ. މި މެޗުގައި ރާއްޖެއާ ދެކޮޅަށް ނިކުންނާނީ ކިރްގިސްތާނެވެ. މި ދެ ޓީމު ލީގު ބުރުގައި ބައްދަލު ކުރި އިރު، އެ މެޗު 3-0 ސެޓުން ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.