ވޮލީބޯލް
31 Dec 2023
ރިޕޯޓް
ކޮވިޑުގައި ދެބަފައިންގެ ފޫހިކަން ނިމުމަކަށް ގެނައީ ވޮލީ ކޯޓު، އެއަށްފަހު މިހާރު ގައުމީ މުބާރާތްތަކުގައި
އެންމެ ފަހުން ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 18 އަހަރުގެ މުހައްމަދު ލަތުފާނުގެ އަމާޒަކީ، ގައުމީ ޖާޒީ އާއި ވެލިދޫ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ރަން މެޑަލް ހޯދުމެވެ. އިސްކޮޅުގައި 6 ފޫޓު 7 އިންޗި ހުންނަ ލަތުފާނު، ގައުމީ ފެންވަރުގައި ކުޅުނު ފުރަތަމަ މުބާރާތުން މި ލިބުނު ކާމިޔާބީއަކީ ވެސް، އޭނާގެ މަންޒިލަށް ވާސިލްވުމަށް ކުރާ ބުރަ މަސައްކަތަށް ހެކިދޭ ދަލީލެއްކަން ހަމަޔަގީނެވެ.
27 Dec 2023
ކުޅިވަރު
އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ތަށި ސިޓީ ސްޕޯޓްސް ކްލަބަށް
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، މުބާރާތުގައި އަލަށް ވާދަކުރި ސިޓީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. ތ އަތޮޅު ހިރިލަންދޫގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމުން މުބާރާތް ކާމިޔާބުކުރީ އަންގާރަ ދުވަހުގެރޭ ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެނެވެ.
27 Dec 2023
ކުޅިވަރު
ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު: ޓީމް ގޭމަކަސް، މުބާރާތުގައި ބައިވެރިވާން ޖެހެނީ ވަކިވަކި ކުޅުންތެރިން
ނ. ވެލިދޫގައި މިފަހަކަށް އައިސް ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ބާއްވަމުން އަންނަ "ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު" މި އަންނަ މާޗު މަހު ބޭއްވުމަށް އިއުލާންކޮށްފިއެވެ. ފާއިތުވި 3 އަހަރުގެ ކާމިޔާބީއާއެކީ، މި މުބާރާތަކީ ވެލިދޫގައި ވޮލީއަށް އޮންނަ ފޯރި މެދުކެނޑުނަ ނުދީ، މި ކުޅިވަރު އުއްމީދީ މަންޒިލަކަށް ގެންދިއުމަށް ވެލިދޫގެ ޒުވާނުންނާއި ވޮލީ ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަމާޒުހިފާފައިވާ ދުރުރާސްތާ ޕްރޮޖެކްޓެކެވެ.
26 Dec 2023
ކުޅިވަރު
އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވެމްކޯއިން ހޯދައިފި
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވެމްކޯއިން ހޯދައިފިއެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ވެމްކޯއިން ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދީ ސީދާ 3 ސެޓުންނެވެ.
25 Dec 2023
ކުޅިވަރު
ދެ ސެމީފައިނަލް ކާމިޔާބުކޮށް، އެސޯސިއޭޝަން ކަޕްގެ ފައިނަލަށް ވެމްކޯ
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ވެމްކޯއިން ހޯދައިފިއެވެ. ވެމްކޯއިން ފައިނަލަށް ދަތުރުކުރީ، ސެމީފައިނަލްގެ ތިން ވަނަ މެޗުގައި ކްލަބް އާބަންކޯ 3-2 ސެޓުން ބަލިކޮށްގެންނެވެ.
24 Dec 2023
ކުޅިވަރު
އެސޯސިއޭޝަން ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީ ސްޕޯޓްސް ކްލަބަށް
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ޖާގަ ސިޓީ ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި ކްލަބް އާބަންކޯ ބަލިކޮށްގެނެވެ.
23 Dec 2023
ކުޅިވަރު
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ސެމީފައިނަލް މެޗުތައް މިއަދު ފަށާނެ
މާލޭގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ޔޫތު ސެންޓަރުގެ އިންޑޯ ކޯޓުގައި މިއަދު ފަށާނެއެވެ. މި މުބާރާތުގައި 3 ސެމީފައިނަލް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ދެ ސެމީ ކުޅޭނީ މިއަދުއެވެ. އަދި ފަހު ސެމީ އޮންނާނީ މާދަމާއެވެ.
23 Dec 2023
ކުޅިވަރު
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލަށް ޕޮލިސް ކްލަބާއި ވެމްކޯ
ޔޫތު ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ދަތުރުކޮށްފިއެވެ.
21 Dec 2023
ކުޅިވަރު
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ
މިހާރު މާލޭގައި ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ. އެގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އަލްމާ ސްޕޯޓްސް ކުލަބާއި ކުލަބް ވެމްކޯ އާއި ޕޮލިސް ކުލަބާއި އަދި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއެވެ.
02 Nov 2023
ކުޅިވަރު
16 އަހަރުން ދަށުގެ އަންހެން ތަށި ފ. އަތޮޅު މަދަރުސާއަށް
މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ފައިނަލުގައި އދ.ކުނބުރުދޫ ސްކޫލް ބަލިކޮށް، ފ. އަތޮޅު މަދަރުސާއިން މުބާރާތް ކާމިޔާބުކޮށްފިއެވެ. އެ ސްކޫލުން ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މިއީ 2019 ވަނަ އަހަރު އެ ސްކޫލުން ވާދަކުރި އުމުރު ފުރާތަކުގެ ތެރެއިން ގެއްލުނު ހަމައެކަނި ތައްޓެވެ.
02 Nov 2023
ކުޅިވަރު
އެންމެ ވާދަވެރި އުމުރުފުރާގެ ތަށި ގެންދިޔައީ ކުނބުރުދޫ ސްކޫލަށް
މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ފައިނަލްގައި އދ. މާމިގިލީގެ އދ. އަތޮޅު މަދަރުސާއާ ވާދަކޮށް، އދ. ކުނބުރުދޫ ސްކޫލުން ހޯދައިފިއެވެ. ކުނބުރުދޫ ސްކޫލުގެ ފިރިހެން ޓީމުން މި މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.