Advertisement

ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި ވެމްކޯ އާއި އާބަންކޯ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އަބްދުﷲ އިޔާން

25 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދެ ސެމީފައިނަލް ކާމިޔާބުކޮށް، އެސޯސިއޭޝަން ކަޕްގެ ފައިނަލަށް ވެމްކޯ

މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ވެމްކޯއިން ހޯދައިފިއެވެ. ވެމްކޯއިން ފައިނަލަށް ދަތުރުކުރީ، ސެމީފައިނަލްގެ ތިން ވަނަ މެޗުގައި ކްލަބް އާބަންކޯ 3-2 ސެޓުން ބަލިކޮށްގެންނެވެ.

ޕޫލް-1 ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ލިބުމުން، ވެމްކޯއަށް ކުރަން ޖެހުނު މަސައްކަތް އިތުރުވިއެވެ. އެއީ ޕޫލް-1 އާއި ޕޫލް-2 އިން ދެ ވަނައަށް ދިޔަ ދެ ޓީމު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކޮށް، އެ މެޗު ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ދާން އޮތީ ސެމީފައިނަލް ދެވަނަ މެޗުން ބަލިވާ ޓީމެއް ވެސް ބަލިކޮށްގެންކަމުންނެވެ. އަދި އާބަންކޯގެ މައްޗަށް ހޯދި މޮޅާ އެކީ، ސެމީފައިނަލް ދެ މެޗު ކުޅެ ވެމްކޯއިން މިވަނީ ފައިނަލަށް ދިއުމުގެ ކުރިން އިތުރު ތަޖުރިބާއެއް ހޯދާފައެވެ.

ވެމްކޯއާ ދެކޮޅަށް މި މެޗުގައި ކުޅުނު އާބަންކޯ ސެމީފައިނަލް ތިންވަނަ މެޗު ކުޅެން ޖެހުނީ، ސެމީ ފައިނަލްގެ ދެ ވަނަ މެޗު، ސިޓީ ސްޕޯޓްސް ކްލަބާއި ވާދަކޮށް 3-1 ސެޓުން ގެއްލުމުންނެވެ. މި ދެ ޓީމު ވެސް ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ރޭ ކުޅުނު ސެމީފައިނަލްގެ ތިން ވަނަ މެޗުގެ ކޮންމެ ސެޓެއްގައި ވެސް ނޭވާ ހިފަހައްޓާލަން ޖެހުނު ގިނަ ވަގުތުތަކެއް ދިޔައެވެ. މެޗުގެ ފުރަތަމަ ސެޓު 25-21 އިން ގެންދިޔައީ ވެމްކޯއެވެ. ނަމަވެސް ދެވަނަ ސެޓުގައި އާބަންކޯއިން ކުޅުން އިތުރަށް ރަގަޅުކޮށް، 25-19 އިން ސެޓު ގެންދިޔައެވެ. ތިން ވަނަ ސެޓު ގެންދިޔައީ އަނެއްކާވެސް ވެމްކޯއިންނެވެ. އެއީ 27 ޕޮއިންޓު 25 ޕޮއިންޓުންނެވެ. ހަތަރު ވަނަ ސެޓާއެކީ ވެމްކޯއަށް މެޗު ނިންމުމަށް ފުރުސަތުނުދީ، އާބަންކޯއިން އެ ސެޓު 25-21 އިން ކާމިޔާބުކޮށް، އުއްމީދު އައުކުރިއެވެ. ވެމްކޯއިން މެޗު ކާމިޔާބުކުރީ ، ފަހު ސެޓު 15-12 އިން ކާމިޔާބުކޮށް 3-2 ސެޓުންނެވެ.

މި ދެ ޓީމުންވަނީ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުގައިވެސް ވާދަކޮށްފައެވެ. އެ މެޗުވެސް 3-2 ސެޓުން ކާމިޔާބުކުރީ ވެމްކޯއެވެ.

ސެމީ ފައިނަލް ތިން ވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރިން ކޮށްފައިވާ، ވެމްކޯގެ ޖާޒީ ނަމްބަރު 12، އަލީ ހުޒާމް (ހުޒަންޓެ)އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާރޭގެ 8:15 ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ. ބައްދަލުކުރާނީ ސިޓީ ސްޕޯޓްސް ކްލަބާއި ކްލަބް ވެމްކޯއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މިރޭ އޮންނާނެއެވެ. ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި ވެމްކޯއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.