Advertisement

ވެމްކޯ ޓީމްގެ ކުޅުންތެރިއެއް، ފޮޓޯ: އަބްދުﷲ އިޔާން

24 Dec 2023
ކުޅިވަރު

އެސޯސިއޭޝަން ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީ ސްޕޯޓްސް ކްލަބަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ޖާގަ ސިޓީ ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި ކްލަބް އާބަންކޯ ބަލިކޮށްގެނެވެ.

މި މެޗުގައި އެންމެ ވާދަވެރިކޮށް ފެނިގެން ދިޔަ ފުރަތަމަ ސެޓު ކާމިޔާބުކުރީ ސިޓީ ސްޕޯޓްސް ކްލަބުންނެވެ. އެއީ 30 ޕޮއިންޓު 28 ޕޮއިންޓުންނެވެ. އެއަށްފަހު ދެވަނަ ސެޓު ގެންދިޔައީ 25-22 އިން އާބަންކޯއެވެ. 

ސިޓީ ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބުކުރީ 25-15 އަދި 25-20 އިން ފަހު ދެ ސެޓު ކާމިޔާބުކޮށް، 3 ސެޓު 1 ސެޓުންނެވެ. މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ސިޓީ ސްޕޯޓްސް ކްލަބްގެ ޖާޒީ ނަމްބަރު 9، އޮމަރްބެކް ޒުނުސޯވްއެވެ.

ތިން ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލުކުރީ ދެ ގްރޫޕުން އެއް ވަނައަށް ދިޔަ ދެ ޓީމެވެ. އެގޮތުން މި މެޗުން ބަލިވި ނަމަވެސް އާބަންކޯއަށް ފުރަތަމަ ސެމީ އިން މޮޅުވި ޓީމާ ތިން ވަނަ ސެމީގައި ބައްދަލުކޮށް، ފައިނަލުން ޖާގަ ހޯދިދާނެ ފުރުސަތު އެބައޮތެވެ. 

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލުކުރީ ދެ ގްރޫޕުން ދެ ވަނަ ހޯދި ކްލަބް ވެމްކޯއާއި ސްޕޯޓްސް ކްލަބް ސިޓީއެވެ. މި މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށް، ތިން ވަނަ ސެމީއިން ޖާގަ ހޯދާފައިވަނީ ވެމްކޯއެވެ. 

ވެމްކޯއިން މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ. އަދި ދެ ވަނަ ސެޓާއި ފަހު ސެޓު ކާމިޔާބުކުރީ 25-20 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޑިއެގޯ މެތިއުޒްއެވެ.

މުބާރާތުގެ ތިން ވަނަ ސެމީ އޮތީ މިރޭ 8:15 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ކްލަބް ވެމްކޯ އާއި ކްލަބް އާބަންކޯއެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.