Advertisement

ޑިއެސްސީއިން ލީގުގެ ތަށި އުފުލާލަނީ، ފޮޓޯ: ސިޑިބަރި

06 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހަތަރު އަހަރަށް ފަހު ވޮލީ ލީގު ޗެމްޕިއަންކަން އަނެއްކާވެސް ސިފައިންނަށް

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން (ޑީއެސްސީ) ހޯދައިފިއެވެ. އެ ކުލަބުން ލީގު ހާސިލްކުރީ، ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު، ލީގުގެ ފަހު މެޗުން ސީދާ 3 ސެޓުން ޕޮލިސް ކްލަބް ބަލިކުރުމަށްފަހުއެވެ. ޑީއެސްސީއިން މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ރޭގެ މެޗަށް ނިކުތް އިރު، ޑީއެސްސީ އަދި އާބަންކޯ އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ނަމަވެސް އާބަންކޯއަށް ވުރެން ޑީއެސްސީ އެއް މެޗު މަދުން ކުޅެފައިވުމުން، ހުރިހާ ގޮތަކުން ވެސް ފުރުސަތު އޮތީ ޑީއެސްސީއަށެވެ. އަނެއްކޮޅުން ޒުވާން ޓީމަކާއެކު މުބާރާތަށް ނިކުތް ޕޮލިސް ޓީމު، ލީގުގެ އެއްވެސް މެޗެއް ކާމިޔާބުކޮށްފައިނުވުމުން، ޕޮލިސް ކްލަބުގެ މައްޗަށް ކުރި ނުހޯދެވުމަކީ ވުމަށް ވުރެން ނުވާނެކަމެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ.

ނަތީޖާއަކަށް ވީ، ޑީއެސްސީއިން ފަސޭހަކަމާއެކު ޕޮލިސް ކްލަބް ބަލިކުރުމެވެ. މި މެޗު ޑީއެސްސީއިން ކާމިޔާބުކުރީ 25-10, 25-19  އަދި 25-15 އިންނެވެ.

އަދި ލީގުގެ އެއްވެސް މެޗެއް ކާމިޔާބު ނުކުރެވި، ޕޮލިސް ކްލަބް އެންމެ ފުލަށް ދިއުމުގެ ނަތީޖާއަކަށްވީ، އެ ކްލަބް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވުމެވެ. 2005 ވަނަ އަހަރުން ފެށިގެން ވޮލީގެ އެންމެ އުހުގައި ކުޅެމުން ދިޔަ ޕޮލިސް ކްލަބަށް ދެން ލީގުގައި ވާދަކުރެވޭނީ، އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފަށައިގެންނެވެ.

ލީގުގެ ދެވަނަ ހޯދާފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން، ސިޓީ ސްޕޯޓްސް ކުލަބުންނެވެ. އިއްޔެ ހަވީރު ކުޅުނު އެ ކްލަބުގެ ފަހު މެޗުގައި ކްލަބް ވެމްކޯއާ ބައްދަލުކޮށް މެޗު ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ.

މިފަހަރުގެ ގައުމީ ލީގުގެ އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ ހުސެއިން ޝާހިދެވެ. އެންމެ މޮޅު މިޑިލް ބްލޮކަރަކަށް ވެމްކޯގެ ހުސެއިން ޔޫސުފް (ޓޯއި) ހޮވުނުއިރު، ސެކަންޑް ބެސްޓް މިޑިލް ބްލޮކަރަކަށް ހޮވުނީ ސިޓީ ސްޕޯޓްސް ކްލަބުގެ ފާޒިލްއެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓެކަރަކަށް އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޮވުނުއިރު، ސެކަންޑް ބެސްޓް އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓޭ)އެވެ.

މީގެ އިތުރުން، އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ހޮވުނީ ޑީއެސްސީގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ. އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ވެމްކޯގެ އަހުމަދު ނަބީލް (ނައްބަ) ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކީ ސްޕޯޓްސް ކްލަބް ސިޓީގެ އަހުމަދު އިސާމްއެވެ. އަދި އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކޯޗު ޖުނައިދު އަބްދުالله (މާމަ)އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނަސީމް (އެޑަމް)އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.