ހަތަރު އަހަރަށް ފަހު ވޮލީ ލީގު ޗެމްޕިއަންކަން އަނެއްކާވެސް ސިފައިންނަށް
ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން (ޑީއެސްސީ) ހޯދައިފިއެވެ. އެ ކުލަބުން ލީގު ހާސިލްކުރީ، ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު، ލީގުގެ ފަހު މެޗުން ސީދާ 3 ސެޓުން ޕޮލިސް ކްލަބް ބަލިކުރުމަށްފަހުއެވެ.