Advertisement

ކްލަބް އާބަންކޯގެ ކުޑަ ކާއްޓޭ، ފޮޓޯ: އަބްދުﷲ އިޔާން

23 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ސެމީފައިނަލް މެޗުތައް މިއަދު ފަށާނެ

މާލޭގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިއަދު ފަށާނެއެވެ. މި މުބާރާތުގައި 3 ސެމީފައިނަލް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ދެ ސެމީ ކުޅޭނީ މިއަދުއެވެ. އަދި ފަހު ސެމީ އޮންނާނީ މާދަމާއެވެ.

މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލު ކުރާނީ 2 ގްރޫޕުން ވެސް ދެވަނައަށް ދިޔަ ޓީމުތަކެވެ. އެގޮތުން އެ މެޗުގައި ބައްދަލު ކުރާނީ ކްލަބް ވެމްކޯ އާއި ސްޕޯޓްސް ކްލަބް ސިޓީއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 4:15 ގައެވެ.

ސްޕޯޓްސް ކްލަބް ސިޓީ ސެމީއަށް ދަތުރުކުރީ ކުޅުނު 2 މެޗުގެ ތެރެއިން 1 މެޗު ކާމިޔާބުކޮށް 3 ޕޮއިންޓު ހޯދާ، ޕޫލް-2 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ވެމްކޯ ސެމީއަށް ދަތުރު ކުރީ ޕީލް-1 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ވެމްކޯއިން ވަނީ ގްރޫޕް ސްޓޭޖުގައި އެއް މެޗުން މޮޅުވެ، 3 ޕޮއިންޓު ހޯދާފައެވެ.

ދެވަނަ ސެމީގައި ބައްދަލުކުރާނީ 2 ގްރޫޕުން އެއްވަނަ ލިބުނު ޓީމުތަކެވެ. އެއީ ކްލަބް އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބެވެ. އާބަންކޯ ސެމީއަށް ދަތުރުކޮށްފައިވަނީ 4 ޕޮއިންޓާއެކު ޕޫލް-1 ގެ އެއްވަނަ ހޯދައިގެންނެވެ. އަދި ސިޓީ ސްޕޯޓްސް ކްލަބް ޕޫލް-2 ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް އައީ ގްރޫޕް ސްޓޭޖުގެ 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓު ހޯދައިގެންނެވެ. މި މެޗު ކުޅޭނީ މިރޭ 8:15 ގައެވެ.

ފަހު ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:15 ގައެވެ. އެ މެޗުގައި ބައްދަލު ކުރާނީ ފުރަތަމަ ސެމީއިން މޮޅުވާ ޓީމަކާއި ދެވަނަ ސެމީއިން ބަލިވާ ޓީމެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވާ އަންގާރަ ދުވަހުގެ ރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.