Advertisement

14 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވޮލީބޯލް އެސޯސިއޭޝަންގެ ކޮންގްރެސްއިން ނިންމި ކަންތައްތައް ބަލައިނުގަތުމަށް ސްޕޯޓްސް ކޮމިޝަނަރ ނިންމަވައިފި

ވޮލިބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް) އިން، އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މި ހަފްތާގެ ހޯމަ ދުވަހު ބާއްވައި، އެ ކޮންގްރެސްގައި ކަންތައްތަކެއް ނިންމި ނަމަވެސް އެ ނިންމުންތައް ބަލައި ނުގަންނަކަމުގައި، ކޮނިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލު ވިދާޅުވެއްޖެއެވެ. ޠަލާލުގެ މި ނިންމުން އިއްޔެ އެ އެސޯސިއޭޝަނަށް އަންގާފައިވާކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވީއޭއެމްގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ބާއްވާ އިންތިހާބު އޮންނާނެ ތާރީހަކަށް މި މަހުގެ 15 ވަނަ ދުވަސް ކަނޑައަޅާފައިވަނިކޮށް، ޠަލާލު ވަނީ އެ އިންތިހާބު މަޑުޖައްސާލުމަށް އަންގާފައެވެ. ނަމަވެސް އެސޯސިއޭޝަނުން މިކަމަށް އިޖާބަ ނުދީ، އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ނަންތައް ވެސް ވަނީ އިއުލާންކޮށްފައެވެ. އަދި އޭގެ އިތުރުން މިދިޔަ ހޯމަ ދުވަހު މިވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ވެސް ބާއްވާފައެވެ.

ހޯމަ ދުވަހު އޮތް ވީއޭއެމްގެ ކޮންގްރެސްގައި ނިންމާފައިވާ މުހިންމު ކަންތައްތަކުހެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:

1.       މާޗު 19 ވަނަ ދުވަހަށް އިންތިހާބު ފަސްކުރުން

2.       އެސޯސިއޭޝަންގެ ހިންގުން، އިންތިހާބަކާ ހަމައަށް ދަންދެން، ބީޗް ވޮލީބޯލް ކޮމިޝަންގެ ޗެއާމަން ކަމުން، އާ އަސާސީ ގަވާއިދުގެ ތެރެއިން، ބީޗްވޮލީބޯޅަ ނައިބު ރައީސަކަށް ބަދަލުވި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރުން

3.       ވޮލީ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަން އަދި އެޕީލްސް ކޮމިޝަން ފާސްކުރުން

ވީއޭއެމްގެ އިންތިހާބު ފަސްކުރުމަށް ޠަލާލު އެންގެވި ސަބަބުތަކުގެ ތެރޭގައި، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވުމާއި ވީއޭއެމް އާއި ގުޅޭ ގިނަ ޝަކުވާތަކެއް ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހަށް ލިބިފައިވުން ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.