Advertisement

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު 1444 ގެ ތެރެއިން

27 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު: ޓީމް ގޭމަކަސް، މުބާރާތުގައި ބައިވެރިވާން ޖެހެނީ ވަކިވަކި ކުޅުންތެރިން

ނ. ވެލިދޫގައި މިފަހަކަށް އައިސް ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ބާއްވަމުން އަންނަ "ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު" މި އަންނަ މާޗު މަހު ބޭއްވުމަށް އިއުލާންކޮށްފިއެވެ. ފާއިތުވި 3 އަހަރުގެ ކާމިޔާބީއާއެކީ، މި މުބާރާތަކީ ވެލިދޫގައި ވޮލީއަށް އޮންނަ ފޯރި މެދުކެނޑުނަ ނުދީ، މި ކުޅިވަރު އުއްމީދީ މަންޒިލަކަށް ގެންދިއުމަށް ވެލިދޫގެ ޒުވާނުންނާއި ވޮލީ ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަމާޒުހިފާފައިވާ ދުރުރާސްތާ ޕްރޮޖެކްޓެކެވެ.

މި މުބާރާތް ރާވާ ހިންގަނީވެސް ވެލިދޫގެ ވޮލީއަށް ލޯބިކުރާ ފަރާތްތަކާއި، އެ ރަށުގެ އިޖުތިމާއީ މަރުކަޒުން ގުޅިގެންނެވެ. މުބާރާތެ ހިންގާ ކޮމެޓީގެ ޗެއަރގެ މަގާމުގައި ހަރަކާތްތެރިވާ އަބްދުﷲ އަބްދުލް އަޒީޒް (ޝިއޭ)، "ނޫން" އަށް ދިން އިންޓަވިއުއެއްގައި ބުނީ، މުބާރާތުގެ އެންމެ މުހިންމު އެއް މަގުސަދަކީ، ވޮލީ ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭނެ ގޮތަކަށް މުބާރާތް ހިންގާ، ވާދަވެރި މުބާރާތެއްގެ ތަޖުރިބާ ހުރިހާ ކުޅުންތެރިންނަށް ލިބޭނެ މަގުފަހިކޮށްދީ، ވޮލީ ކުޅޭނެ އައު ޖީލެއް އުފެއްދުން ކަމަށެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު 1444 ގެ ފިރިހެން ޗެމްޕިއަން ޓީމް

އާންމުކޮށް ރަށު ފެންވަރުގައި ބާއްވަމުން އަންނަ މުބާރާތްތަކާއި ވެލިދޫ ވޮލީ ލީގާއި ތަފާތުވާ އެއް ކަމަކީ، މި މުބާރާތުގައި ކުޅުންތެރިން ވަކިވަކިން ބައިވެރިވާން ޖެހުމެވެ. ޓީމުތައް ހަދަނީ ކުޅުންތެރިން ބައިވެރިވުމުން، އެ ކުޅުންތެރިންގެ ފެންވަރަށް ބެލުމަށްފަހުއެވެ.

"ވެލިދޫ ރަމަޟާން ވޮލީ ލީގުގައި ބައިވެރިވާނީ ޓީމުތަކެއް ނޫން. މި މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ކުޅުންތެރިން. އަދި މުބާރާތުގަ ބައިވެރިވާކަށް ކޮންމެހެން މާ މޮޅު ވޮލީ ކުޅުންތެރިއަކަށް ވާކަށް ނުޖެހޭ. ކުޅުމުގެ ޝައުގު ހުރި ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ. ޓީމުތައް ބަހާނީ ބައިވެރިވާ ކުޅުންތެރިންގެ ފެންވަރަށް ބެލުމަށްފަހު"، ޝިއޭ ބުންޏެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު 1444 ގެ އަންހެން ޗެމްޕިއަން ޓީމް

ޝިއޭ އިތުރަށް ކިޔައިދިން ގޮތުގައި، ކުޅުންތެރިން ރެޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުން ދެން އޮންނާނީ ޓީމުތައް ބެހުމެވެ. ޓީމުތައް ބެހުމަށްޓަކައި، ވެލިދޫގައި އާންމުކޮށް ވޮލީ ކުޅެއުޅޭ ފަރާތްތައް އެއްތަނަކަށް އެއްކޮށް، މުބާރާތުގައި ރެޖިސްޓްރީވެފައިތިބި ކުޅުންތެރިންގެ ފެންވަރު ވަކިވަކިން ބަލާނެއެވެ. އަދި އެއަށްފަހު ކުޅުންތެރިން ގިންތިކޮށް، ޓީމުތައް ބަހަނީ ހުނަރުހުރި ކުޅުންތެރިން ޓީމުތަކުގެ މެދުގައި ހަމަހަމަވާނެ ގޮތަކަށް އިސްކަން ދީގެންކަމުގައި ޝީއޭ ފާހަގަ ކުރިއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު 1444 ޝަރަފުވެރިކޮށްދެއްވީ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިޔާ ހައްވާ ރާޝިދާ

އަންހެނުންނަށް ހާއްސަ ޑިވިޝަނަކާއި އަދި ފިރިހެނުންނަށް ހާއްސަ ޑިވިޝަނެއް އޮންނަ މި މުބާރާތުގައި ބައިވެރިވެވެނީ ވެލިދޫގެ ރަށްވެހިންނަށާއި، ވެލިދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށާއި، ރަށަށް ހިޖުރަކޮށްގެން އުޅޭ ފަރާތްތަކަށާއި އަދި ވެލިދޫގެ އެކޮމަޑޭޝަންތަކުގައި ތިބޭ ކައިރި ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން، ބެލެނިވެރިންގެ ހުއްދައާއެކު، 16 އަހަރުން ދަށުގެ ކުޅުންތެރިންނަށްވެސް މި މުބާރާތުގައި ކުޅެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 ޖެނުއަރީ 2024 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މުބާރާތަށް ޙާއްސަކޮށްފައިވާ ފޭސްބުކް ޕޭޖު "ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު" ގައި ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން މުބާރާތް ސްޕޮންސަރ ކުރުމަށާއި، މުބާރާތް ލައިވް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ވޭތުވެދިޔަ 3 އަހަރު ވެސް މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކް ޕްރައިވެޓް ލިމިޓެޑެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެޗް. ފައުންޑޭޝަނުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ވެލިދޫގެ ބޮޑު ނިކަގަސް ދޮށުގައި އޮންނަ އައުޓްޑޯ ކޯޓުގައެވެ. މިއީ މި ފެންވަރަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އައުޓްޑޯ ވޮލީ ކޯޓެވެ.

ވެލިދޫ ވޮލީ ކޯޓު، ފޮޓޯ: މުޙައްމަދު ޝަރުހާން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.