ވެލިދޫ ވޮލީ ލީގުގެ ޗެމްޕިއަންކަން ވިންޗެރީމޯއިން ހޯދައިފި
މެޗުގެ ކުރިން ވާރޭ ވެހުމުގެ ސަބަބުން ކުޅުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކާއި ދެ ޓީމުގެ ކުޅުންތެރިން ކުރިމަތިލާންޖެހުނު ނަމަވެސް، ފޯރިގަދަ ފައިނަލެއްގެ މަލަމަތި މެޗުގެ ފުރަތަމަ ސެޓު ފެށުމާއެކީ ފެންނަންފެށިއެވެ. ފައިނަލް މެޗެއްގެ ޕްރެޝަރަށް އައު ކުޅުންތެރިން ވެސް، އެ ޕްރެޝަރާ ކެރިގެން ކުރިމަތިލާން ލިބުނު ދަނޑިވަޅުގައި "ފިސާރި ކުޅި ދައްކާލި" މަންޒަރު ފެނުނެވެ.