Advertisement

11 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފްލޭމްސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ވިކްޓޯރިއަސްއިން ހޯދައިފި

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގައި ވިކްޓޯރިއަސްއިން ފްލޭމްސްގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ވެލިދޫ ވޮލީކޯޓުގައި ކުޅުނު މި މެޗު ވިކްޓޯރިއަސްއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 25-19 ޕޮއިންޓުން ގެންދިޔައީ ފްލޭމްސްއެވެ. ނަމަވެސް ދެވަނަ ސެޓުގައި ވިކްޓޯރިއަސް އިން ކުޅުން ރަގަޅުކުރިތަން ފެނުނެވެ. ނަތީޖާއަކަށްވީ ދެވަނަ ސެޓު 25-18 ޕޮއިންޓުން ވިކްޓޯރިއަސް ގެންދިއުމެވެ.

ތިން ވަނަ ސެޓު ދޫވެގެން ދިޔަ ނުދިނުމަށް، ފްލޭމްސް އިން ހިތްވަރުކޮށް ރަގަޅު ކުޅުމެއް ކުޅެފައިވެއެވެ. ނަމަވެސް ވިކްޓޯރިއަސް މި ސެޓު 26-24 ޕޮއިންޓުން ގެންގޮސް، ފަހަތުން އަރާ ލީޑުނެގިއެވެ. ނަމަވެސް ފްލޭމްސް ބަލި ކުރުން ވިކްޓޯރިއަސްއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ފްލޭމްސް އިން ހަތަރުވަނަ ސެޓި 25-22 ޕޮއިންޓުން ގެންދިޔައެވެ.

މެޗުގެ ނަތީޖާ ކަނޑައެޅީ ފަސް ސެޓުންނެވެ. ފަހު ސެޓު ވިކްޓޯރިއަސް އިން ގެންދިޔައީ 15-09 ޕޮއިންޓުންނެވެ

މިއީ މި މުބާރާތުގައި މި އަހަރު ފަސް ސެޓު ކުޅެގެން ނަތީޖާ ކަނޑައަޅަން ޖެހުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކީ ވިކްޓޯރިއަސްގެ ޖާޒީ ނަންބަރު 17، އައިޝަތު މުހައްމަދެވެ.

މުބާރާތުގައި ދެން އޮންނާނީ ސެމީފައިނަލް މެޗެވެ. އެއް ސެމީ ފައިނަލް ކުޅެން ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ގައި ބައްދަލު ކުރާނީ ފްލޭމްސް އާއި ސެފަޔާއެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ސެފަޔާއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.