Advertisement

20 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގު: ސެމީ ފައިނަލްގެ ފަހު ޖާގަ ވައިޓް ވޫލްސްއަށް

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ސެމީފައިނަލްގެ ފަހު ޖާގަ ވައިޓް ވޫލްސްއިން ހޯދައިފިއެވެ. އެ ޓީމުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު މިކުރީ، ރޭ ގްރޫޕް-ބީގެ ފަހު މެޗުގައި ދަ ލަޔަންސްއާ ބައްދަލުކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗަށް ނިކުތްއިރު ދެ ޓީމަށް ވެސް ސެމީ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އޮތެވެ. އެހެންކަމުން މި މެޗު ފެނިގެން ދިޔައީ ވަރަށް "ހައި ޓެމްޕޯ" މެޗެއްގެ ގޮތުގައެވެ

މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ދަ ލަޔަންސްއެވެ. އެ ޓީމުން މި ސެޓުތައް ގެންދިޔައީ ތަފާތު ބޮޑުކޮށް، 25-16 އަދި 25-15 ޕޮއިންޓުންނެވެ. މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ ތިންވަނަ ސެޓާ ހިސާބުންނެވެ. އަދި އެއީ ދަ ލަޔަންސްއިން މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ކުރި އުއްމީދު ބަދަލުވި ވަގުތުވެސް މެއެވެ.

އާނިފްގެ ބޯޅަ ބްލޮކުކުރަން ދަ ލަޔަންގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ-- ފޮޓޯ: ނޫނު ފޮޓޯ

ވައިޓް ވޫލްސް އިން ތިން ވަނަ ސެޓުން ފެށިގެން ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް، ފަހަތުން އަރާ މެޗު ކާމިޔާބުކުރިއެވެ. ފަހު ތިން ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-19، 25-22 އަދި 15-13 ޕޮއިންޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައިޓް ވޫލްސްގެ ޖާޒީ ނަންބަރު 2، މުޙައްމަދު އާނިފް އިބްރާޙިމްއެވެ

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް-އޭގެ އެއްވަނަ ޓީމު ވިންޗެރީމޯ އާއި ގްރޫޕް-ބީގެ އެއްވަނަ ޓީމު ވިޔަޒޯރެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ގްރޫޕް-އޭގެ ދެވަނަ ޓީމު ނެކޯމާ އާއި ގްރޫޕް-ބީގެ ދެވަނަ ޓީމު ވައިޓް ވޫލްވްސްއެވެ. ފުރަތަމަ ސެމީ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާނިފްއަށް ޓްރޮފީ ހަވާލުކުރަނީ-- ފޮޓޯ: ނޫނު ފޮޓޯ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.