Advertisement

ޓީމް ވިންޗެރީމޯގެ އަޙްމަދު ޝިޔާމް (ސެންޗޯ) ބޯޅަ ފޮނުވާލަނީ--- ފޮޓޯ: ނޫނު ފޮޓޯ

18 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ވިންޗެރީމޯއާއި ވިޔަޒޯރުން ކަށަވަރުކޮށްފި

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ، ގްރޫޕް-އޭގެ ވިންޗެރީމޯ އާއި ގްރޫޕް-ބީގެ ވިޔަޒޯރު ހޯދައިފިއެވެ. މި ދެ ޓީމުން ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްގެނެވެ.

މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ދެ މެޗެއް ކުޅެފައިވެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް-އޭގެ ޓީމް ވިންޗެރީމޯ އާއި ޓީމް ފުނޯސްއެވެ. މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ޓީމް ވިންޗެރީމޯއެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-20 ޕޮއިންޓުން ގެންދިޔައީ ފުނޯސްއެވެ. ނަމަވެސް ދެވަނަ ސެޓުގައި ވިންޗެރީމޯއިން ކުޅުން ރަގަޅުކޮށް، މެޗުގެ ތެރެއަށް ރަގަޅަށް ވަތްކަން ފާހަގަ ކުރެވުނެވެ. ނަތީޖާއަކަށްވީ މި ސެޓު 25-19 ޕޮއިންޓުން އެ ޓީމު ކާމިޔާބުކުރުމެވެ.

ތިންވަނަ ސެޓު ކުރިޔަށް ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ނަމަވެސް ވިންޗެރީމޯއިން މި ސެޓު 25-23 ޕޮއިންޓުން ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. އަދި މެޗުގެ ސެމީ ފައިނަލަށް ކުރަމުން ދިޔަ އުއްމީދު ވިންޗެރީމޯއިން ހަގީގަތަށް ހެދީ ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްގެނެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ

ވިންޗެރީމޯއިން 3-1 ސެޓުން ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 13، އަބްދު ޝިހާމް (ސެންޗޯ)އެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް-ބީގެ ޓީމް ވިއަޒޯރު އާއި ވައިޓް ވޫލްވްސްއެވެ. މި މެޗަށް ނިކުތްއިރު، ވިއަޒޯރުން ވަނީ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އަދި ވައިޓް ވޫލްވްސްއަށް މިއީ މުބާރާތުގެ ފުރަތަމަ ފެނިލުމެވެ

މެޗުގެ ފުރަތަމަ ސެޓު، 25-16 ޕޮއިންޓުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ވިޔަޒޯރެވެ. މެޗުގެ ތެރެއަށް ވަނުމަށް، ދެވަނަ ސެޓުގައި ވައިޓް ވޫލްވްސްއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ވިޔަޒޯރު ފެނުނީ އެ ޓީމަށް ވުރެން ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ސެޓު ވެސް ކާމިޔާބުކުރީ ވިޔަޒޯރެވެ. މި ސެޓު ވިޔަޒޯރުން ކާމިޔާބުކުރީ 25-23 ޕޮއިންޓެވެ

ދެވަނަ ސެޓާއެކީ ވައިޓް ވޫލްސްއަށް މެޗު ގެއްލިއްޖެކަމަށް އެ ޓީމަށް ގަބޫލު ކުރެވުނު ކަހަލައެވެ. ޓީމުގެ ކުޅުން ތިން ވަނަ ސެޓުގައި ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެންކަމުން ފަސޭހަ ކަމާއެކު 25-10 ޕޮއިންޓުން ވިޔަޒޯރު މި ސެޓު ވެސް ކާމިޔާބުކޮށް، ސީދާ 3 ސެޓުން މެޗު ގެންދިޔައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ ވިޔަޒޯރު ޓީމުގެ ޖާޒީ ނަންބަރު 15، ޢަލީ އަޝްރަފް (އަސަރޭ)އެވެ

މުބާރާތުގެ މެޗެއް ހޯމަދުވަހުގެރޭ ވެސް އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޓީމް ނެކޯމާ އާއި ޓީމް ފުނޯސްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.