Advertisement

ވިޔަޒޯރާއި ވިންޗެރީމޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ނޫނު ފޮޓޯ

21 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގު: ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ވިޔަޒޯރުން

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ވިޔަޒޯރުން ހޯދައިފިއެވެ. އެ ޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޓީމް ވިންޗެރީމޯއާ ބައްދަލުކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ވިންޗެރީމޯއިން 25-23 ޕޮއިންޓުން ގެންދިޔަ ނަމަވެސް، ވިޔަޒޯރުން ވަނީ ދެން ކުޅުނު 3 ސެޓު ކާމިޔާބުކޮށްފައެވެ. ވިޔަޒޯރުން ސެޓުތައް ކާމިޔާބުކުރީ 25-15 ޕޮއިންޓުންނާއި، 25-20 ޕޮއިންޓުން އަދި 25-23 ޕޮއިންޓުންނެވެ. ފުރަތަމަ ސެމީ ފައިނަލްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިޔަޒޯރުގެ ޖާޒީ ނަންބަރު 10، އިބްރާޙިމް އަޝްރަފްއެވެ.

މި މެޗުން ބަލިވި ކަމުގައި ވީނަމަވެސް ވިންޗެރީމޯއަށް އަދި ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތް ރާވާފައިވާ ގޮތުން، ސެމީ ފައިނަލްގެ 3 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ ސެމީ ފައިނަލުން ބަލިވާ ޓީމެއް، ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ، ސެމީ ފައިނަލުގެ ދެ ވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވައިޓް ވޫލްވްސް އާއި ނެކޯމާއެވެ. މި މެޗު 3-1 ސެޓުން ކާމިޔާބުކޮށް، ތިން ވަނަ ސެމީ ފައިނަލުން ޖާގަ ހޯދީ ނެކޯމާއެވެ.

މި މެޗުގައި ނެކޯމާއިން ކާމިޔާބުކުރީ ފުރަތަމަ ސެޓާއި، ދެވަނަ ސެޓާއި އަދި ހަތަރު ވަނަ ސެޓެވެ. އެއީ 26-24، 25-19 އަދި 25-19 ޕޮއިންޓުންނެވެ. މެޗުގެ ތިން ވަނަ ސެޓު ވައިޓް ވޫލްސް އިން ކާމިޔާބުކޮށްފައިވަނީ 25-22 ޕޮއިންޓުންނެވެ.  މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެކޯމާގެ ޖާޒީ ނަންބަރު 12، ސޮއްފަތު މުޙައްމަދެވެ.

ސެމީ ފައިނަލްގެ ތިން ވަނަ މެޗު އޮންނާނި މިރެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ވިންޗެރީމޯ އާއި ނެކޯމާއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވެއެވެ. އެ މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ވިންޗެރީމޯއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.