Advertisement

ސެފަޔާގެ ކުޅުންތެރިއަކު ބޯޅަ ރިސީވްކުރަނީ، ފޮޓޯ: ނޫނު ފޮޓޯ

10 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސެފަޔާއިން ފްލޭމްސް ބަލިކޮށް އުއްމީދު އާކޮށްފި

ވެލިދޫ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ސެފަޔާ އަދި ފްލޭމްސް ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ސެފަޔާ ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް އެ ޓީމުން ކުރާ އުއްމީދު އާކޮށްފިއެވެ.

ފުރަތަމަ މެޗުން ވިކްޓޯރިއަސްއާ ދެކޮޅަށް ކުޅެ ސެފަޔާއަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީއަށްފަހު، ކޮންމެވެސްވަރެއްގެ ވަރުބަލިކަމަކާއެކު އެ ޓީމުގެ ދެވަނަ މެޗަށް ނިކުމެފައި މިވަނީ އޭގެ 24 ގަޑިއިރުފަހުންނެވެ. ނަމަވެސް ސެފަޔާއިން މިވަނީ މުބާރާތުގައި ފްލޭމްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިކޮށްފައެވެ.

ފުރަތަމަ ސެޓު 25 ޕޮއިންޓު 10 ޕޮއިންޓުން ސެފަޔާ ފަސޭހަކަމާއެކު ގެންދިޔަ ނަމަވެސް، ފަހު ދެ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެވަނަ ސެޓު 25 ޕޮއިންޓު 24 ޕޮއިންޓުން ހޯދިއިރު، ފަހު ސެޓު ކާމިޔާބުކުރީ 25 ޕޮއިންޓު 22 ޕޮއިންޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ސެފަޔާގެ ޖާޒީ ނަންބަރު 14، ފާތުމަތު ރިޒްވީނެވެ.

ސެފަޔާގެ ޖާޒީ ނަންބަރު 14، ފާތުމަތު ރިޒްވީން ކުއީން އޮފް ދަ މެޗު ޓްރޮފީއާ ހަވާލުވަނީ، ފޮޓޯ: ނޫނު ފޮޓޯ

މި ނަތީޖާއާއެކު ސެފަޔާއިން ދެން ތިބެން ޖެހޭނީ އާދީއްތަ ދުވަހު ވިކްޓޯރިއަސް އާއި ފްލޭމްސް ކުޅޭ މެޗުގެ ނަތީޖާގެ އިންތިޒާރުގައެވެ. އެ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ސެފަޔާ ސީދާ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ވިކްޓޯރިއަސް އާއި ފްލޭމްސް ބައްދަލުކުރާ މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭ 20:30 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.