Advertisement

ވެލިދޫ ރަމަޟާން ވޮލީ ލީގު 1444 ގެ ފުރަތަމަ މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން، ގައުމީ އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާ ހައްވާ ރާޝިދާ ކުޅުންތެރިންނާ ސަލާމްކުރަނީ، ފޮޓޯ: ނޫނު ފޮޓޯ

08 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ރަމަޟާން ވޮލީ ލީގު މިރޭ ފަށަނީ

ހަތަރުވަނަ ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީ އާއި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ގުޅިގެން ބާއްވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މިރޭ މުބާރާތް ފަށާއިރު، ފުރަތަމަ ކުޅޭނީ އަންހެން ޑިވިޝަންގެ މެޗުތަކެވެ. ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅޭނީ އަންހެން ޑިވިޝަންގެ ފައިނަލް ކުޅުމަށްފަހުއެވެ. އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅޭނީ 13 މާޗު ގައެވެ.

ވެލިދޫ ރަމަޟާން ވޮލީ ލީގު 2024ގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލު ކުރާނީ ސެފަޔާ އަދި ވިކްޓޯރިއަސްއެވެ. މިރޭގެ މެޗު ފެށުމަށް ޝެޑިއުލްކޮށްފައިވަނީ ރޭގަނޑު 8:30ގައެވެ.

އަންހެން ޑިވިޝަނުގައި ޖުމްލަ 3 ޓީމު ވާދަކުރާއިރު، މި ޑިވިޝަންގައި ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ބައްދަލު ކުރާނެއެވެ. އަދި އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރު ކުރާއިރު، ފައިނަލަށްދާ ދެވަނަ ޓީމެއް ހޮވާނީ، ދެވަނަ އަދި ތިންވަނަ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗަކުންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި މި އަހަރު 6 ޓީމު ކުޅެއެވެ. މި ޑިވިޝަންގެ މެޗުތައް 2 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދަން ނިންމާފައިވާއިރު، މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަނޑައަޅާނީ ސެމީ ފައިނަލް 3 މެޗު ކުޅުމަށްފަހުއެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ 2 ގްރޫޕުން 1 ވަނައަށް ދިޔަ 2 ޓީމެވެ. މި މެޗުން މޮޅުވާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނަ ސެމީއިން މޮޅުވާ ޓީމާއި، ފުރަތަމަ ސެމީއިން ބަލިވި ޓީމު ކުޅޭ ތިން ވަނަ ސެމީ ފައިނަލް ކާމިޔާބުކުރާ ޓީމަށެވެ.

މުބާރާތުގެ މެޗުތައް ފޭސްބުކް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ. މެޗުތައް ލައިވް ކުރާނީ Velidhoo Ramadan Volleball League ޕޭޖުންނެވެ. މުބާރާތުގެ ލައިވް އެންޑް ބެވަރޭޖު ޕާޓްނަރަކީ ނަވީ ފޮޓޯގްރަފީއެވެ.

މި މުބާރާރުގެ މެއިން ސްޕޮންސަރަކީ ރެސްޓު ބްލޮކް ޕްރައިވެޓް ލިމިޓެޑެވެ. އަދި ކޯ ސްޕޮންސަރަކީ ޝަވެލްބްލޯންކް ރަންދެއްޔެވެ. އޮޝިއަލް ކިޓް ޕާޓްނަރަކީ އެމް. އެޗް. އެވެ.

މީގެ އިތުރުން މުބާރާތާ ގުޅޭ ޚަބަރުތައް، މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާ https://noon.mv/ އިން ގެނެސްދޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.