Advertisement

15 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގު: ދުލެއްނުދީ ވިންޗަރީމޯ މެޗު ގެންދިޔައީ ސީދާ 3 ސެޓުން

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ނެކޯމާގެ މައްޗަށް ވިންޗަރީމޯއިން ސީދާ 3 ސެޓުން ކާމިޔާބު ހޯދައިފިއެވެ.

ވިންޗަރީމޯއިން ލީޑު ކުރަމުން ދިޔަ މެޗުގެ ފުރަތަމަ ސެޓުގައި، އެ ޓީމަށް ލީޑު ގެއްލުނީ ސެޓުގެ މެދުތެރެއިން އެކަންޏެވެ. ނަމަވެސް، ނެކޯމާއަށް އެ ފަރަގު ދެ ޕޮއިންޓަށް ވުރެން ބޮޑު ކުރެވިފައެއް ނުވެއެވެ. މި ސެޓު ވިންޗަރީމޯ ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ.

ފުރަތަމަ ސެޓަށް ވުރެން ދެވަނަ ސެޓުގެ ވާދަވެރިކަން ބޮޑުކަން ފާހަގަ ކުރެވުނެވެ. އެގޮތުން ނެކޯމާއިން ދެވަނަ ސެޓު ނެގުމާ ކައިރިވެފައި ވަނިކޮށް، ވިންޗަރީމޯއިން ފަހަތުން އަރާ 2 ޕޮއިންޓުގެ ފަރަގަކާއެކު، 25-23 ޕޮއިންޓުން ދެވަނަ ސެޓުވެސް ގެންދިޔައެވެ.

ނެކޯމާގެ ކުޅުންތެރިއަކު ފޮނުވާލި ޝޮޓެއް ބްލޮކް ކުރުމަށް ވިންޗަރީމޯގެ 3 ކުޅުންތެރިން މަސައްކަތް ކުރަނީ--- ފޮޓޯ: ނޫން ފޮޓޯ

ފުރަތަމަ ދެ ސެޓު ވެސް ގެއްލުމާއެކީ، ނެކޯމާއިން ތިންވަނަ ސެޓު ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރިތަން ފެނުނެވެ. އެ ގޮތުން އެ ޓީމުގެ ސޮއްފަތު މުޙައްމަދު (ސޮއްޕެ)ގެ ބާރު ހަމަލާތަކާ ވިންޗަރީމޯއިން ކުރިމަތިލާންޖެހުނެވެ. ޖަވާބުގައި ވިންޗަރީމޯގެ އަބްދުﷲ ޝިހާމް (ސެންޗޯ) ދިޔައީ ނެކޯމާ ޓީމަށް ހޫނު ހަމަލާތަކެއް ދެމުންނެވެ. ނަތީޖާއަކަށްވީ، ނެކޯމާއަށް ހިންދެމިލާނެ ފުރުސަތެއް ނުދީ ވިންޗަރީމޯއިން ތިން ވަނަ ސެޓު 25-20 ޕޮއިންޓުން ގެންގޮސް، ސީދާ 3 ސެޓުން މެޗު ކާމިޔާބުކުރުމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންޗަރީމޯގެ ޖާޒީ ނަންބަރު 13، އަބްދުﷲ ޝިހާމް (ސެންޗޯ)އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އަބްދުﷲ ޝިހާމްއާ ޓްރޮފީ ހަވާލުކުރަނީ--- ފޮޓޯ: ނޫން ފޮޓޯ

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް-ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޓީމް ވިއަޒޯރާއި ދަ ލަޔަންސްއެވެ. މި މެޗު ފަށާނީ 21:30 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.