Advertisement

މުބާރާތުގެ ޗެމްޕިއަން ޓީމް ވިންޗެރީމޯ ޝީލްޑް އުފުލާލަނީ--- ފޮޓޯ: ނޫނު ފޮޓޯ

23 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީ ލީގު: ވިންޗެރީމޯއިން ޗެމްޕިއަންކަން ހޯދައި، ކާމިޔާބަކީ އެމީހުންގެ އެއްޗަކަށް ހަދައިފި

ބޮޑެތި އަދި އުނދަގޫ އިމްތިހާނުތަކާ ކުޅިވަރުގެ މައިދާނުގައި ކުރިމަތިލާއިރު، އިދިކޮޅުގެ އާރާއި، ބާރާއި، ހުނަރާއި، އެމީހުންގެ ތާރީހަކީ، ތިމާމެންގެ ވިސްނުން ނިކަމެތިކޮށްލައި، ފޮނި އުއްމީދާއި ހިތު ތެރޭގެ ކަނެއްގައި ފޮރުވާފައި އޮތް އަޒުމު ކަތިލުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާނެ ކަންތައްތަކެވެ. ނަމަވެސް މުބާރާތުގެ ފޭވަރިޓުންނާ ދެކޮޅަށްކުރި މި އުނދަގޫ ދަތުރު ވިންޗެރީމޯއިން ކާމިޔާބުކުރީ، އެމީހުންގެ ހިތްވަރާއި ވަރުގަދަ އަޒުމުންނެވެ. ސްޕެނިޝް ބަހުން ވިންޗެރީމޯގެ މާނަ ބުނާ ފަދައިން، އެންމެ ފަހުން ކާމިޔާބަކީ އެމީހުންގެ އެއްޗަކަށް ހަދައިފިއެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އަދި ރިކްރިއޭޝަން، އަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވި ފައިނަލު މެޗު ކާމިޔާބުކޮށް، ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވިންޗެރީމޯއިން ހޯދީ 3-2 ސެޓުން ވިޔަޒޯރު ބަލިކޮށްގެންނެވެ

މެޗުގެ ޗަރަފުވެރި މެހެމާން މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އަދި ރިކްރިއޭޝަން، އަބްދުﷲ ރާފިޢު މެޗު ފެށުމުގެ ކުރިން ކުޅުންތެރިންނާ ސަލާމް ކުރަނީ---ފޮޓޯ: ނޫނު ފޮޓޯ

މެޗުގެ ކުރިން ވާރޭ ވެހުމުގެ ސަބަބުން ކުޅުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކާއި ދެ ޓީމުގެ ކުޅުންތެރިން ކުރިމަތިލާންޖެހުނު ނަމަވެސް، ފޯރިގަދަ ފައިނަލެއްގެ މަލަމަތި މެޗުގެ ފުރަތަމަ ސެޓު ފެށުމާއެކީ ފެންނަންފެށިއެވެ. ފައިނަލް މެޗެއްގެ ޕްރެޝަރަށް އައު ކުޅުންތެރިން ވެސް، އެ ޕްރެޝަރާ ކެރިގެން ކުރިމަތިލާން ލިބުނު ދަނޑިވަޅުގައި "ފިސާރި ކުޅި ދައްކާލި" މަންޒަރު ފެނުނެވެ. މިކަން އެންމެ ބޮޑަށް ފާހަގަވީ، މި ސެޓުގައި ވިންޗެރީމޯގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ މުޙައްމަދު ފަޔާޒަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުގައި ކުޅެން ނިކުން އުމުރުން އެންމެ 15 އަހަރުގެ ކައިފް އަޙުމަދު ޢަލީގެ ފަރާތުންނެވެ.

ފުރަތަމަ ސެޓުގެ މެދުތެރެއިން ވިޔަޒޯރުން އެ ޓީމަށް ލިބިފައި އޮތް ލީޑު ފުޅާކުރިއެވެ. ނަމަވެސް ސެޓުގެ ފަހުކޮޅަށް ދިޔައިރު މަޑުމަޑުން އެ ފަރަގު ވިންޗެރީމޯއިން ކުޑަކުރިއެވެ. އަދި މި ވަގުތުގައި ކައިފްގެ ކާމިޔާބު ގިނަ ސާވިސްތަކެއް ވެސް ފެނިގެން ދިޔައެވެ. ނަމަވެސް ވިޔަޒޯރުގެ އިބްރާޙިމް އަޝްރަފް (ޑީރޯ) ކުރީކޯޓުގައި ހުރެގެން މުހިންމު ޕޮއިންޓުތަކެއް ހޯދައި، 25-21 ޕޮއިންޓުން މިސެޓު ކާމިޔާބުކުރީ ވިޔަޒޯރެވެ.

ދެވަނަ ސެޓުގައި ގިނަ ވަގުތުތަކެއް ވަންދެން ވިންޗެރީމޯ އިން ލީޑުކުރިއެވެ. މި ލީޑު ދެމެހެއްޓުމުގައި އެ ޓީމުގެ އަބްދުﷲ ޝިހާމް (ސެންޗޯ) ވަނީ ޓީމަށް މުހިންމު ކުޅުމެއް ކުޅެދީފައެވެ. އަދި ޓީމުގެ ސެޓަރު، އަޙުމަދު އާސިމްގެ އެހީތެރިކަމާއެކު ސެންޗޯ ވަނީ މުހިންމު ޕޮއިންޓުތަކެއް ވެސް އެ ޓީމަށް ހޯދައިދީފައެވެ. ސެޓުގެ ފަހުކޮޅަށް ދިޔައިރު ވިޔަޒޯރަށް ގެއްލުނު ލީޑު އެޓީމުން ހޯދަން މަސައްކަތް ކުރިތަން ފެނުނެވެ. ނަމަވެސް ވިންޗެރީމޯއިން ވަނީ 25-21 ޕޮއިންޓުން މި ސެޓު ކާމިޔާބުކޮށްފައެވެ

ވިޔަޒޯރުގެ އިބްރާޙިމް އަޝްރަފް ބޯޅަ ފޮނުވާލުމަށް މަސައްކަތް ކުރަނީ---ފޮޓޯ: ނޫނު ފޮޓޯ

ތިންވަނަ ސެޓު ފަށައިގެން ވިޔަޒޯރުން ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ކުޅުމުގެ ތެރެއަށް ވަދެ، ވިންޗެރީމޯއިން ވަނީ މި ފަރަގު ކުޑަކޮށްފައެވެ. އަދި 15 ޕޮއިންޓާ ހިސާބުން ވިންޗެރީމޯއަށް ލީޑު ވެސް ލިބުނެވެ. ނަމަވެސް ވިޔަޒޯރުން ކުޅުން ވަރުގަދަކޮށް، މާގިނައިރުތަކެއް ނުވެ އެ ލީޑު އަނބުރާ ހޯދާ، ސެޓު ވެސް ކާމިޔާބު ކުރިއެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 25-20 ޕޮއިންޓުންނެވެ.

ވިންޗެރީމޯގެ އަތްދަށަށް މެޗު ގެންދިޔައީ ހަތަރު ވަނަ ސެޓުގައިކަމަށް ބުނެވިދާނެއެވެ. ވާދަވެރިކޮށް ފެށުނު އެ ސެޓުގެ ފަހުކޮޅަށް ދިޔައިރު ވިންޗެރީމޯއިން ރަގަޅު ލީޑެއް ނެގިއެވެ. ސެޓު ނިންމާލުމަށް ލިބުނު ދެތިން ފުރުސަތެއް ސެންޗޯއަތުން ބޭކާރުވެގެން ދިޔަ ނަމަވެސް، 25-18 ޕޮއިންޓުން ވިންޗެރީމޯ މި ސެޓު ކާމިޔާބުކުރިއެވެ

މުބާރާތުގެ ވާދަވެރިކަން ފައިނަލް މެޗުން އެކަނިވެސް ބުނެދިނެވެ. އެކަމުގެ އެއް ހެއްކަކީ މެޗުގެ ނަތީޖާ ފަސް ސެޓުން ކަނޑައަޅަން ޖެހުމެވެ

ފަހު ސެޓުގައި ވިޔަޒޯރުން ފަރުވާކުޑަ ގޯސްތަކެއް ފުލުފުލުގައި ހަދަމުން ދިއުމުގެ ނަތީޖާއަކަށްވީ، ފުލުފުލުގައި ތިން ވަނަ ރޭ މެޗު ކުޅެމުން ދިޔަ ވިންޗެރީމޯ އެކަމުން ހިތްވަރު ހޯދުމެވެ. އަދި ވިންޗެރީމޯއިން ލީޑު ފުޅާކުރުން ވެގެން ދިޔައީ، ވިޔަޒޯރުގެ ކުޅުންތެރިންނަށް އިތުރު ޕްރެޝަރަކަށެވެ. ސަބަބަކީ މުބާރާތުގެ ފައިނަލަށް ވިޔަޒޯރުން ދަތުރުކުރީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ކަމަށް ވުމެވެ. ނަމަވެސް ވިންޗެރީމޯއިން ވިޔަޒޯރުގެ މައްޗަށް ފަހު ސެޓުގައި ހޯދި ކާމިޔާބަކީ، ވިޔަޒޯރުގެ ކުޅުންތެރިން އެމީހުނަށް ހެދުނު ގޯސްތަކުގެ ހިތި މަންޒަރުތައް ސިފަކުރުމުގައި ރޭގެ ނިދިން މަހްރޫމު ކުރާނެ ބައްޔެކެވެ

މި ސެޓު ވިންޗެރީމޯއިން ކާމިޔާބުކުރީ 8 ޕޮއިންޓުގެ ތަފާތުން، 15-07 ޕޮއިންޓުންނެވެ. އެއާއެކު ވިންޗެރީމޯގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުފާފާޅުކުރުން ފެށުނެވެ

މެޗު ކާމިޔާބު ކުރުމަށްފަހު ވިންޗެރީމޯއިން އުފާ ފާޅުކުރަނީ---ފޮޓޯ: ނޫނު ފޮޓޯ

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ވަރުބަލިކަމެއް ނެތި ތަފާތު މޮޅު ކުޅުމެއް ދެއްކި ވިންޗެރީމޯގެ ސެންޗޯއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް، ވިންޗެރީމޯގެ ކޯޗު އާދަމް އަބްދުލް ލަތީފް ހޮވުނުއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ދަ ލަޔަންސްއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަށް ހޮވުނު ވިންޗެރީމޯގެ އާދަމް އަބްދުލް ލަތީފާއި ޓްރޮފީ ހަވާލުކުރަނީ---ފޮޓޯ: ނޫނު ފޮޓޯ

މުބާރާތުގެ އުއްމީދީ ކުޅުންތެރިންނަށް ހޮވުނީ ނެކޯމާގެ އަޙުމަދު ޔޫނުސް އާއި ވިންޗެރީމޯގެ ކައިފް އަޙުމަދު ޢަލީ އަދި ފުނޯސްގެ މުޙައްމަދު އީދާން އާދަމްއެވެ.

އުއްމީދީ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކައިފް އަޙުމަދު ޢަލީއާ ޓްރޮފީ ހަވާލުކުރަނީ---ފޮޓޯ: ނޫނު ފޮޓޯ

މުބާރާތުގެ އެންމެ މޮޅު ލިބެރޯ ކުޅުންތެރިއަކަށް ހޮވުނީ ވިންޗެރީމޯގެ އަބްދުﷲ ޒިފާންއެވެ.

ވެލިދޫ ރަމަޟާން ވޮލީ މުބާރާތުގެ އިންޑިވިޖުއަލް އެންމެ ޝަރަފުވެރި މަގާމު ކަމުގައިވާ، މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ވިންޗެރީމޯގެ އަޙުމަދު އާސިމް އާއި އެ ޓީމުގެ އަބްދުﷲ ޝިހާމްގެ އިތުރުން ނެކޯމާގެ ސޮއްފަތު މުޙައްމަދާއި، ވައިޓް ވޫލްސްގެ މުޙައްމަދު އާނިފްއެވެ. ދެން މި މަގާމު ހާސިލްކުރީ ވިޔަޒޯރުގެ އިބްރާޙިމް އަޝްރަފާއި ހަމަ އެ ޓީމުގެ ޢަލީ އަޝްރަފެވެ.

މުބާރާތުގެ ޑްރީމް ޓީމް ޓްރޮފީއާއެކު ފޮޓޯއަކަށް ހުއްޓިގެން---ފޮޓޯ: ނޫނު ފޮޓޯ

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.