Advertisement

ޗެމްޕިއަން ސެފަޔާއާ ޝީލްޑު ހަވާލުކުރުން--- ފޮޓޯ: ނޫނު ފޮޓޯ

17 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ނާކާމިޔާބީއިން ފިލާވަޅު ހޯދައި ސެފަޔާއިން އަންހެން ޑިވިޝަންގެ ތަށި އުފުލާލައިފި

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސެފަޔާއިން ކާމިޔާބުކޮށްފިއެވެ. މުބާރާތް ހުޅުވި މެޗުގައި ވިކްޓޯރިއަސްއިން ސީދާ 3 ސެޓުން ސެފަޔާ ބަލިކޮށްފައިވީނަމަވެސް، ފައިނަލް މެޗުގައި ސެފަޔާ ފެނިގެން ދިޔައީ މިފަދަ މެޗަކަށް ވަރަށް ބޮޑަށް މެންޓަލީ ތައްޔާރުވެފައި އޮތް ޓީމެއްގެ ގޮތުގައެވެ. ފައިނަލް މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށް، ސެފަޔާއިން ވިކްޓޯރިއަސްގެ ކިބައިން ބަދަލުހިފީ، ފުރަތަމަ މެޗުގެ ހިތި ތަޖުރިބާ ހަނދާން ނައްތާލެވޭހާ ވަރުގަދަކޮށެވެ.

މެޗުގެ ފުރަތަމަ ސެޓު ވެސް ސެފަޔާއިން ފެށީ ރަގަޅު ލީޑެއްގައި އޮވެގެނެވެ. އަދި ސެޓުގެ މެދު ތެރެއިން ކޮންމެވެސް ވަރަކަށް ފޯކަސްގެއްލި، ފަރުވާކުޑަ ގޯސްތަކެއް ހެދުމުން، އެ ޓީމަށް ލިބިފައި އޮތް ލީޑު ހަނިވެގެން ދިޔައެވެ. ނަމަވެސް ވަގުތު ފާއިތު ނުވަނީސް އެ ޓީމުން އަނބުރާ މެޗުގެ ތެރެއަށް ވަދެ، ސެޓުގެ ފަހުކޮޅަށް ދިޔައިރު ތަފާތު ބޮޑު ލީޑެއް ނަގާ، 25-13 ޕޮއިންޓުން ސެޓު ކާމިޔާބުކުރިއެވެ.

ދެވަނަ ސެޓުގައި ވެސް ފެނިގެން ދިޔައީ މަޑު މަޑުން ސެފަޔާ ލީޑު ފުޅާކުރަމުން ދިޔަތަނެވެ. އަދި ތިން ފަހަރެއްގެ މަތިން 6 ޕޮއިންޓުގެ ނުވަތަ އެއަށްވުރެން ބޮޑު ލީޑެއް ވެސް އެ ޓީމުން ނަގާފައިވެއެވެ. ސެޓުގެ ކުރީކޮޅުގައި ނެގި ލީޑު، ސެޓުގެ ފަހުކޮޅަށް ދިޔައިރު ވެސް ސެފަޔާއިން ގެއްލުވާލާފައެއް ނުވެއެވެ. މި ސެޓު ސެފަޔާއިން ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ.

ކުރީ ދެ ސެޓާ ހިލާފަށް، ތިންވަނަ ސެޓުގައި ވިކްޓޯރިއަސްއިން މެޗުގެ ތެރެއަށް ވަނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިތަން ފެނުނެވެ. އަދި އެ ޓީމުން ވަނީ މި ސެޓުގައި ގިނަ ވަގުތު ލީޑުގައި ވެސް އޮވެފައެވެ. ނަމަވެސް ސެޓުގެ ފަހުކޮޅަށް ދިޔައިރު ސެފަޔާއިން ސެޓުގެ އޮވަރު ބަދަލުކޮށްލިއެވެ. އަދި މި ސެޓު 25-23 ޕޮއިންޓުން ކާމިޔާބުކޮށް، ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއެވެ

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނި ސެފަޔާގެ ޖާޒީ ނަންބަރު 14، ފާތިމަތު ރިޒްވީނެވެ. މުޅި މެޗުގައިވެސް، ސެފަޔާއިން އުފެއްދި ގިނަ ހަމަލާތައް ނިންމާލާފައިވަނީ ރިޒްވީނެވެ. އޭނާވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މުބާރާތުގައި ސެފަޔާ ކުޅުނު ދެވަނަ މެޗުގެ އިތުރުން، ސެމީ ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ހޯދާފައިވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރުން--- ފޮޓޯ: ނޫނު ފޮޓޯ

މުބާރާތުގެ އެންމެ އުއްމީދީ 3 ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ވިކްޓޯރިއަސްގެ އައިޝަތު ޝާޒްލީނާއި އެ ޓީމުގެ މަލީކާ އާދަމް އަދި ފްލޭމްސްގެ ފާތިމަތު އިބްރާޙިމެވެ.

މުބާރާތުގެ އުއްމީދީ ކުޅުންތެރިން--- ފޮޓޯ: ނޫނު ފޮޓޯ

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ވިކްޓޯރިއަސްގެ ލިއުޝާ އީސާ އާއި އެ ޓީމުގެ އައިޝަތު މުޙައްމަދާއި އެ ޓީމުގެ އަސްނާ އާދަމްގެ އިތުރުން ސެފަޔާގެ ފާތިމަތު ރިޒްވީނާއި އެ ޓީމުގެ ހަލީމަތު ލިއުޝާއެވެ. މި ލިސްޓުގައި ދެން ހިމެނެނީ ފްލޭމްސްގެ އައިޝަތު އަބްދުއްރަޙްމާނެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން--- ފޮޓޯ: ނޫނު ފޮޓޯ

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސެފަޔާގެ ކޯޗު އިސްމާއިލް މުޙައްމަދެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވިކްޓޯރިއަސްއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗު--- ފޮޓޯ: ނޫނު ފޮޓޯ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.