Advertisement

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު 1445 ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

24 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހަތަރު ވަނަ ވެލިދޫ ރަމަޟާން ވޮލީ ލީގު ފެށުމަށް ތައްޔާރުވެއްޖެ

ނ. ވެލިދޫގައި މިފަހަކަށް އައިސް ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ "ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު"ގެ ގުރުއަތުލުން ހުކުރު ދުވަހުގެރޭ ބާއްވައިފިއެވެ.

ވެލިދޫގެ ވޮލީއަށް ލޯބިކުރާ ފަރާތްތަކާއި، ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ގުޅިގެން ބާއްވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުޅުމަށް ހަމަޖެހިފައިވާއިރު، އަންހެން ޑިވިޝަންގެ މެޗުތައް ކުޅެން ފެށުމަށް ޝެޑިއުލްކޮށްފައިވަނީ މާޗު 7 ވަނަ ދުވަހުއެވެ. އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ފަށާނީ މާޗު 13 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަންހެން ޑިވިޝަނުގައި 3 ޓީމު ވާދަކުރާއިރު، މެޗުތައް ކުރިޔަށް ދާނީ ރައުންޑް-ރޮބިން އުސޫލުން (ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާ އުސޫލުން) ނެވެ. އަދި ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ކަނޑައަޅާނީ ސެމީފައިނަލް މެޗަކުންނެވެ. މި މެޗުގައި ބައްދަލުކުރާނީ 2 ވަނައަށް ދިޔަ ޓީމާއި 3 ވަނައަށް ދިޔަ ޓީމެވެ. އަންހެން ޑިވިޝަންގެ ފައިނަލް  މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ރޭގަނޑެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި 6 ޓީމު ކުޅޭނެއެވެ. މި ޑިވިޝަންގެ މެޗުތައް 2 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދަން ނިންމާފައިވާއިރު، މުބާރާތުގެ ފައިނަލަށްދާ ޓީމުތައް ކަނޑައަޅާނީ 3 ސެމީ ފައިނަލް މެޗަށްފަހުއެވެ

ފުރަތަމަ ސެމީގައި ބައްދަލުކުރާނީ 2 ގްރޫޕުން 1 ވަނައަށް ދިޔަ 2 ޓީމެވެ. މި މެޗުން މޮޅުވާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނަ ސެމީއިން މޮޅުވާ ޓީމާއި، ފުރަތަމަ ސެމީއިން ބަލިވި ޓީމު ކުޅޭ ތިން ވަނަ ސެމީ ފައިނަލް ކާމިޔާބުކުރާ ޓީމަށެވެ

ރޯދަމަސް ފެށުމުގެ ކުރިން ކުޅޭ މުބާރާތުގެ މެޗުތައް ފަށާނީ ރޭގަނޑު 8:30 ގައެވެ. އަދި ރޯދަމަހުގެ ތެރޭގައި ކުޅޭ މެޗުތައް ފަށާނީ ރޭގަނޑު 9:30 ގައެވެ.

މުބާރާތުގެ ޝެޑިއުލް

މި މުބާރާތަކީ ވަކިވަކި ޓީމުތަކުން ބައިވެރިވެގެން ބާއްވާ މުބާރާތެއް ނޫނެވެ. ނަމަވެސް މި މުބާރާތުގައި ބައިވެރިވަނީ ވަކިވަކި ކުޅުންތެރިންނެވެ. ޓީމުތައް ހަދަނީ ކުޅުންތެރިންގެ ފެންވަރަށް ބެލުމަށްފަހު މުބާރާތް އިންތިޒާމްކުރާ ކޮމެޓީއާއި ވެލިދޫގައި އާންމުކޮށް ވޮލީ ކުޅެއުޅޭ ފަރާތްތައް މަޝްވަރާކޮށްގެންނެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެޗް. ފައުންޑޭޝަނުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ވެލިދޫގެ ބޮޑު ނިކަގަސް ދޮށުގައި އޮންނަ އައުޓްޑޯ ކޯޓުގައެވެ. މިއީ މި ފެންވަރަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އައުޓްޑޯ ވޮލީ ކޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.