Advertisement

22 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގު: ދެވަނަ ފުރުސަތުގެ ބޭނުން ހިފައި ވިންޗެރީމޯ ފައިނަލަށް

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗުގެ ފަހު ޖާގަ ޓީމް ވިންޗެރީމޯއިން ހޯދައިފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމަށް އެ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ. ނަމަވެސް ދެވަނަ ފުރުސަތުގެ ބޭނުން އެ ޓީމުން މި ވަނީ ފިސާރި ރަނގަޅަށް ހިފާފައެވެ.

މިރޭ ކުޅުނު މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުގައި ބައްދަލުކުރީ ފުރަތަމަ ސެމީއިން ބަލިވި ވިންޗެރީމޯ އާއި ދެވަނަ ސެމީއިން މޮޅުވި ނެކޯމާއެވެ. މި މެޗު ނިމުނީ، މި ދެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ސްކޯރ އަނެއްކާވެސް ތަކުރާރު ވެގެނެވެ. ވިންޗެރީމޯ އިން މި މެޗު ވެސް ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު ވިންޗެރީމޯ އިން ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. އަދި ފަހު ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-14 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންޗެރީމޯގެ ޖާޒީ ނަންބަރު 7، އަޙުމަދު އާސިމްއެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ (ހުކުރު ދުވަހުގެ) ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ވިޔަޒޯރާއި ވިންޗެރީމޯއެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި މި ދެ ޓީމުން ބައްދަލުކޮށްފައިވާއިރު، އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ ވިޔަޒޯރެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.