Advertisement

14 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގު: ފައިނަލުގެ ފަހު ޖާގަ ސެފަޔާއަށް

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗު 3-2 ސެޓުން ކާމިޔާބުކޮށް، ފައިނަލުގެ ފަހު ޖާގަ ސެފަޔާއިން ހޯދައިފިއެވެ.

ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ދެ ޓީމުންވެސް ބުރަ މަސައްކަތްތަކެއް ކުރިތަން ފެނުނު މި މެޗުގެ ކުޅުން ކުރިޔަށް ދިޔައީ ވަރަށް ވާދަވެރިކޮށެވެ

މެޗުގެ ފުރަތަމަ ސެޓު ތަފާތު ބޮޑުކޮށް ގެންދިޔައީ ފްލޭމްސްއެވެ. ފްލޭމްސް އިން މި ސެޓު ގެންދިޔައީ 12 ޕޮއިންޓުގެ ފަރަގަކާއެކު، 25-13 ޕޮއިންޓުންނެވެ. ނަމަވެސް ސެފަޔާއިން ކުޅުން ރަގަޅުކޮށް، ދެވަނަ ސެޓާއި ތިން ވަނަ ސެޓު ކާމިޔާބު ކުރިއެވެ. އެގޮތުން ސެފަޔާއިން އެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-22 ޕޮއިންޓުންނާއި 25-23 ޕޮއިންޓުންނެވެ

ހަތަރު ވަނަ ސެޓުން މެޗު ނިމުނަ ނުދިނުމަށް ފްލޭމްސް އިން ހިތްވަރުކޮށް، 25-22 ޕޮއިންޓުން އެ ސެޓު ގެންދިޔައެވެ. އެއަށްފަހު މެޗުން މޮޅުވާ ޓީމެއް ކަނޑައެޅުމަށް ކުޅުނު، ފަސްވަނަ ސެޓު ވެސް ކުރިޔަށް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފްލޭމްސްއަށް ހެދެމުން ދިޔަ ގޯސްތަކުގެ ފައިދާ ނަގައި، ސެފަޔާއިން ގިނަ ޕޮއިންޓުތަކެއް ހޯދަމުން ދިޔައެވެ. ބަދަލުގައި ފްލޭމްސްއިން ޕޮއިންޓު ހޯދި ނަމަވެސް، މި ސެޓު ސެފަޔާއިން 13-15 ޕޮއިންޓުން ކާމިޔާބުކޮށް، ފައިނަލުގެ ފަހު ޖާހަ ކަށަވަރުކުރިއެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިބަނީ ސެފަޔާގެ ޖާޒީ ނަންބަރި 14، ފާތިމަތު ރިޒްވީންއެވެ. ރިޒްވީން ވަނީ މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޒްވީންއާ ޓްރޮފީ ހަވާލުކުރަނީ، ފޮޓޯ: ނޫނު ފޮޓޯ

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. 

ފައިނަލް މެޗުގައި ބައްދަލު ކުރާނީ ސެފަޔާ އާއި ވިކްޓޯރިއަސްއެވެ. މުބާރާތް ހުޅުވި މެޗުގައި މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު އެ މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ވިކްޓޯރިއަސްއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.