Advertisement

ޕޮއިންޓެއް ހޯދުމަށްފަހު ވިކްޓޯރިއަސްއިން އުފާފާޅުކުރަނީ --- ފޮޓޯ: ނޫނު ފޮޓޯ

09 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވާދަވެރި ކުޅުމަކަށްފަހު ވިކްޓޯރިއަސްއިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ވެލިދޫ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި މިރޭ ކުޅުނު ފުރަތަމަ މެޗު ސީދާ 3 ސެޓުން ވިކްޓޯރިއަސް ކާމިޔާބުކޮށްފިއެވެ. ވިކްޓޯރިއަސް 3 ސެޓުން މެޗު ކާމިޔާބު ކުރިނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި ބަލާހިތްވާކަހަލަ ކުޅުމެއް ފެނިގެން ދިޔައެވެ

ވެލިދޫ ނިކަގަސްދޮށުގައި އޮންނަ ވޮލީ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ގިނަ ވަގުތު ލީޑުގައި އޮތީ ސެފަޔާއެވެ. އެ ޓީމަށް މި ސެޓުގައި ލީޑު ފުރަތަމަ ގެއްލުނީ ސެޓުގެ މެދުތެރެއިންނެވެ. ނަމަވެސް ހެދެމުން ދިޔަ ގޯސްތައް މަދުކޮށް، އެ ޓީމުން ލީޑު އަނބުރާ ހޯދިއެވެ. ވިކްޓޯރިއަސްއިން އެ ސެޓުގެ އޮއިވަރު ބަދަލުކުރީ، ސެޓުގެ ފަހުކޮޅުއެވެ. އެގޮތުން 22 ޕޮއިންޓު 18 ޕޮއިންޓުގެ ލީޑަކާއެކު ސެފަޔާއިން ސެޓު ގެންދިއުމަށް ކައިރިވެފައިވަނިކޮށް، ވިކްޓޯރިއަސް ފަހަތުން އަރާ 22 ޕޮއިންޓު 25 ޕޮއިންޓުން ފުރަތަމަ ސެޓު ގެންދިޔައެވެ

ދެވަނަ ސެޓުގެ ކުރީކޮޅު ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، މި ސެޓު ލީޑުކޮށްފައިވަނީ ވިކްޓޯރިއަސްއެވެ. އަދި ސެޓުގެ ފަހުކޮޅަށް ދިޔައިރު ލީޑު ފުޅާކޮށް، ވިކްޓޯރިއަސްއިން 25 ޕޮއިންޓު 19 ޕޮއިންޓުން ދެވަނަ ސެޓު ވެސް ގެންދިޔައެވެ

ތިންވަނަ ސެޓުގެ ކުރީކޮޅު އާ ހިތްވަރަކާއެކު ސެފަޔާއިން މަސައްކަތް ކުރިތަން ފެނުނެވެ. އަދި ވިކްޓޯރިއަސް އިން ސެޓުގެ ކުރީކޮޅު ހޯދި ލީޑު ގެއްލުވާލާ، ފަހަތުން އަރާ ލީޑު ވެސް ނަގާފައިވެއެވެ. މި ސެޓުގެ ފަހުކޮޅު ދިޔައީ އަނެއްކާ ވެސް ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ވަރުބަލިވެފައި އޮތް ސެފަޔާގެ މައްޗަށް 26 ޕޮއިންޓު 24 ޕޮއިންޓުން ވިކްޓޯރިއަސް ކުރި ހޯދައި، ސީދާ 3 ސެޓުން މެޗު ކާމިޔާބުކުރިއެވެ.

ވިކްޓޯރިއަސްގެ ލިއުޝާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ނޫނު ފޮޓޯ

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވިކްޓޯރިއަސްގެ ޖާޒީ ނަންބަރު 11، ލިއުޝާ އީސާއެވެ

މި މުބާރާތުގައި މާދަމާ ރޭ ކުޅޭނީ ސެފަޔާއާއި ފްލޭމްސްއެވެ. މި މެޗު ފަށާނީ 20:30 ގައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.