Advertisement

14 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަން މެޗުތައް މިރޭ ފަށާނެ

ހަތަރުވަނަ ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަނުގެ މެޗުތައް މިރޭ ފަށާނެއެވެ.

ވެލިދޫ ވޮލީބޯލް ކޮމިއުނިޓީ އާއި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ގުޅިގެން ބާއްވާ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖު މެޗުތަކާއި ސެމީފައިނަލް މެޗު ވަނީ މިހާރު ކުޅެނިމިފައެވެ. އެ ޑިވިޝަނުގައި ދެން ބާކީ އޮތީ ފައިނަލް މެޗު އެކަންޏެވެ. ފައިނަލް މެޗުގައި ބައްދަލު ކުރާނީ ސެފަޔާ އާއި ވިކްޓޯރިއަސްއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި މި އަހަރު 6 ޓީމު ކުޅެއެވެ. މި ޑިވިޝަންގެ މެޗުތައް 2 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދަން ނިންމާފައިވާއިރު، މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަނޑައަޅާނީ ސެމީ ފައިނަލް 3 މެޗު ކުޅުމަށްފަހުއެވެ.

ފުރަތަމަ ސެމީގައި ބައްދަލުކުރާނީ 2 ގްރޫޕުން 1 ވަނައަށް ދިޔަ 2 ޓީމެވެ. މި މެޗުން މޮޅުވާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނަ ސެމީއިން މޮޅުވާ ޓީމާއި، ފުރަތަމަ ސެމީއިން ބަލިވި ޓީމު ކުޅޭ ތިން ވަނަ ސެމީ ފައިނަލް ކާމިޔާބުކުރާ ޓީމަށެވެ.

ފިރިހެން ޑިވިޝަންގެ ގްރޫޕް-އޭގައި ހިމެނެނީ ޓީމް ވިންޗަރީމޯ، ޓީމް ނެކޯމާ އަދި ޓީމް ފުނޯސްއެވެ. ގްރޫޕް-ބީގައި ހިމެނެނީ ޓީމް ވިއަޒޯރު، ދަ ލަޔަންސް އަދި ވައިޓް ވޫލްވްސްއެވެ.

ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ ގްރޫޕް-އޭގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޓީމް ވިންޗަރީމޯ އާއި ޓީމް ނެކޯމާއެވެ. މި މެޗު ފަށާނީ 21:30ގައެވެ.

މުބާރާތުގެ މެޗުތައް ފޭސްބުކް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ. މެޗުތައް ލައިވް ކުރާނީ Velidhoo Ramadan Volleball League ޕޭޖުންނެވެ. މުބާރާތުގެ ލައިވް އެންޑް ބެވަރޭޖު ޕާޓްނަރަކީ ނަވީ ފޮޓޯގްރަފީއެވެ.

މި މުބާރާރުގެ މެއިން ސްޕޮންސަރަކީ ރެސްޓު ބްލޮކް ޕްރައިވެޓް ލިމިޓެޑެވެ. އަދި ކޯ ސްޕޮންސަރަކީ ޝަވެލްބްލޯންކް ރަންދެއްޔެވެ. އޮޝިއަލް ކިޓް ޕާޓްނަރަކީ އެމް. އެޗް. އެވެ.

މީގެ އިތުރުން މުބާރާތާ ގުޅޭ ޚަބަރުތައް، މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާ https://noon.mv/ އިން ގެނެސްދޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.