Advertisement

16 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލިދޫ ވޮލީބޯޅަ ލީގު: ދަ ލަޔަންސްގެ ކުރިމަތީގައި ވިޔަޒޯރު ފެނުނީ ހިކުމަތްތެރިކޮށް

ޕޯޗުގީޒުންނަށް ވަފާތެރި ހިކުމަތްތެރިޔާގެ ގޮތުން ދިވެހި ތާރީހު ދަންނަ ވިޔަޒޯރުގެ ހިކުމަތްތެރިކަން ބޮޑުތަކުރުފާނުގެ ކުރިމަތީގައި "ސުމަކަށް" ވިޔަސް، ޓީމް ވިޔަޒޯރުގެ ހިކުމަތްތެރިކަން ދަ ލަޔަންސްގެ ކުރިމަތީގައި މިރޭ ފެނިގެން ދިޔައެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ގްރޫޕް-ބީގެ ފުރަތަމަ މެޗުގައި، ދަ ލަޔަންސް އާއި ޓީމު ވިޔަޒޯރު ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ޓީމް ވިޔަޒޯރެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުންވެސް ކުދިކުދި ގޯސްތައް ހެދެމުން ދިއުމުގެ ނަތީޖާއަކަށްވީ، ފަސޭހަކޮށް، މާ ބުރަ މަސައްކަތްތަކެއް ނުކޮށް ދެ ޓީމަށް ވެސް ގިނަ ޕޮއިންޓުތަކެއް ލިބުމެވެ. ނަމަވެސް، ޓީމް ވިއަޒޯރުން އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އިބްރާޙިމް އަޝްރަފް (ޑީރޯ) ބޭނުންކޮށް، ރޭވުންތެރި ޕޮއިންޓުތަކެއް ހޯދިއެވެ. މި ސެޓު 25-23 ޕޮއިންޓުން ކާމިޔާބުކުރީ ވިޔަޒޯރެވެ.

ދެވަނަ ސެޓަށް ވިޔަޒޯރުން ނިކުތީ ކުރިޔަށް ވުރެން ވަރުގަދަ ކޮށެވެ. ދެވަނަ ސެޓުގައި އަސަރޭ އެ ޓީމާ ގުޅުން ވެގެން ދިޔައީ އެ ޓީމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އަދި ޓީމަށް މި އައި ބަދަލާއެކު، ވިޔަޒޯރުން ވަރަށް ބޮޑަށް މެޗުގެ ކޮންޓްރޯލް ނެގިއެވެ. މި ސެޓު ތަފާތު ބޮޑުކޮށް 25-16 ޕޮއިންޓުން ވިޔަޒޯރުން ގެންދިޔައެވެ.

ލަޔަންސް އިން ތިންވަނަ ސެޓު ފެށީ ވަރުގަދަކޮށެވެ. އެ ޓީމުން ސެޓުގެ ކުރީކޮޅު 6 ޕޮއިންޓުގެ ލީޑެއް ވެސް ނެގިއެވެ. ނަމަވެސް ވިޔަޒޯރުން ފުލުފުލުން 8 ޕޮއިންޓު ހޯދާ، ސެޓުގެ ކޮންޓްރޯލް ނެގިތަން ފެނުނެވެ. އޭގެ ފަހުން އަނެއްކާވެސް ލަޔަންސް އިން ލީޑު ނެގިއެވެ. ލަޔަންސްއަށް މި ލީޑުގައި މާ ގިނައިރު ހިފަހައްޓާނުލެވުނަސް، އެ ޓީމުން ހިތްވަރުކޮށް، ވިޔަޒޯރަށް ދުލެއްދޭން ބޭނުންނުވިތަން ފެނިގެން ދިޔައެވެ. ސެޓުގެ ފަހުކޮޅު ފަހަރަކު ޓީމަކަށް ޕޮއިންޓު ލިބެމުން ދިޔުމުން، މެޗުގެ ޓެމްޕޯ އުފުލިގެން ދިޔައެވެ. ނަމަވެސް 22 ޕޮއިންޓާ ހިސާބުން ލަޔަންސްއަށް ސެޓުގެ ކޮންޓްރޯލް ގެއްލި، 25-22 ޕޮއިންޓުން ވިޔަޒޯރު މި ސެޓު ކާމިޔާބު ކުރިއެވެ. އެއާއެކު ސީދާ 3-0 ސެޓުން މެޗު ލިބުނީ ވިޔަޒޯރަށެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ވިޔަޒޯރުގެ ޖާޒީ ނަންބަރު 10، އިބްރާޙިމް އަޝްރަފްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާޙިމް އަޝްރަފް (ޑީރޯ)އާ ޓްރޮފީ ހަވާލުކުރަނީ--- ފޮޓޯ: ނޫނު ފޮޓޯ

މި މުބާރާތުގައި ފިރިހެން ޑިވިޝަންގެ މެޗެއް ދެން އޮންނާނީ އާދީއްތަ ދުވަހުއެވެ. ހޮނިހިރު ދުވަހުގެރޭ ކުޅޭނީ އަންހެން ޑިވިޝަނުގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ ސެފަޔާ އަދި ވިކްޓޯރިއަސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.