Advertisement

ވެމްކޯއިން ގައުމީ ވޮލީބޯލް މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލާލަނީ، ފޮޓޯ: އަބްދުﷲ އިޔާން

10 Jan 2024
ކުޅިވަރު

ވެމްކޯއަށް ދެ ހަފްތާ ތެރޭ ދެވަނަ ތަށި

މީގެ ދެ ހަފްތާ ކުރިން ހޯދި އެސޯސިއޭސަން ކަޕްގެ ކާމިޔާބަށްފަހު، ގައުމީ ވޮލީބޯލް މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ވެސް ވެމްކޯއިން އުފުލާލައިފިއެވެ. ކައިރިކައިރީގައި ވެމްކޯއިން މި ހޯދި ދެ ތައްޓަކީ ވެސް، ޕޮލިސް ކްލަބް ބަލިކޮށް ހޯދި ދެ ތަށިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވެމްކޯއިން ޕޮލިހުގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ވެމްކޯގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ  25-21, 19-25 އަދި 25-23 އިންނެވެ. ޕޮލިސް ކްލަބުން ގެންދިޔައީ 3 ވަނަ ސެޓެވެ. އެއީ 25-19 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ އެސޯސިއޭޝަން ކަޕްގައި ވެސް އެ މަގާމު ހޯދި ވެމްކޯގެ ޖޫޒާންއެވެ. އެންމެ މޮޅު މިޑުލް ބޮލޮކަރަކަށް ވެމްކޯގެ މާޔާ ހުސެއިން ސޮލާހް ހޮވުނުއިރު, ސެކަންޑް ބެސްޓް މިޑުލް ބޮލޮކަރަކީ ޔޫތު ނިއު ޖެނެރޭޝަނުގެ އާމިނަތު ރިޔާޝާއެވެ.

މުބާރާތުގެ އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ޔޫތު ނިއު ޖެނެރޭޝަންގެ ފާތިމަތު ސަމްހާ ހޮވުނުއިރު, އެންމެ މޮޅު ލިބަރޯއަކީ ހަމަ އެޓީމުގެ މައިހާ އަލީ އެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ޕޮލިހުގެ ހައްވަ ހޮވުނުއިރު, ސެކަންޑް ބެސްޓް އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ވެމްކޯގެ އާމިނަތު އަރީޝާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ޕޮލިހުގެ އަލްޔާ އަހުމަދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ކީސާ ރިކޯލް ހޮވުނުއިރު, އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ޝުއައިބް އަހުމަދު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖިދާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.