Advertisement

ވެމްކޯ ޓީމުން އެސޯސިއޭޝަން ކަޕްގެ ތަށްޓާއެކު އުފާފާޅުކުރަނީ، ފޮޓޯ: އަބްދުﷲ އިޔާން

26 Dec 2023
ކުޅިވަރު

އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވެމްކޯއިން ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވެމްކޯއިން ހޯދައިފިއެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ވެމްކޯއިން ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދީ ސީދާ 3 ސެޓުންނެވެ. ފައިނަލް މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކުރީ 25-21، 25-23 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއްދެއްކި ވެމްކޯގެ ޖާޒީ ނަންބަރު 14، ޖެސިކާ ސޯރެސްއެވެ.

އެސޯސިއޭޝަން ކަޕް ޖެހިޖެހިގެން ތިން ފަހަރު ވެމްކޯއިން ކާމިޔާބުކުރިއިރު، ހުރިހާ ފައިނަލެއްގައިވެސް ވެމްކޯއިން ވާދަކުރީ ޕޮލިސް ކްލަބާއިއެވެ.

މި މުބާރާތުގެ "ޑްރީމް ޓީމް" ގައި ބޮޑު ހިއްސާއެއް އޮތީ ކްލަބް ވެމްކޯގެއެވެ. އެގޮތުން އެ ޓީމުގެ 7 ކުޅުންތެރިންނާއި ކޯޗު ހިމެނުނުއިރު، ދެން ހިމެނުނީ އަލްމާ ސްޕޯޓްސް ކްލަބްގެ 2 ކުޅިންތެރިންމާއި ޕޮލިސް ކްލަބްގެ ކުޅުންތެރިއެކެވެ.

"ޑްރީމް ޓީމް"ގައި ހިމެނުނު ވެމްކޯ ކުޅުންތެރިންނަކީ:

ފާތިމަތު ޖޫޒާން ޒަރީރު – ބެސްޓް ސެޓަރ

ހައްވާ ނާޒިމް – ސެކަންޑް ބެސްޓް މިޑްލް ބްލޮކަރ

އައިޝަތު މާޖިދާ – ބެސްޓް އައުޓްސައިޑް ހިޓަރ އަދި މޮސްޓް ވެލުއެބަލް ޕްލޭޔަރ

އައިމިނަތު އަރީޝާ – ބެސްޓް އޮޕޮސިޓް ޕްލޭޔަރ

ޖެސިކާ ސޯރެސް – ބެސްޓް އިންޓަނޭޝަނަލް ޕްލޭޔަރ

މާޔާ ހުސެއިން ސަލާޙް – މޮސްޓް ޕްރޮމިސިންގ ޕްލޭޔަރ

ޚާލިދު މުޙައްމަދު – ބެސްޓް ކޯޗު

"ޑްރީމް ޓީމް"ގައި ހިމެނުނު އަލްމާ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނަކީ:

ހައްވާ ސަޚާ – ބެސްޓް މިޑްލް ބްލޮކަރ

ނުހާ ވަހީދު – ބެސްޓް ލިބެރޯ ޕްލޭޔަރ

"ޑްރީމް ޓީމް"ގައި ހިމެނުނު ޕޮލިސް ކްލަބުގެ ކުޅުންތެރިއަކީ:

ހައްވާ ރާޝިދާ – ސެކަންޑް ބެސްޓް އައުޓްސައިޑް ހިޓަރ

މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ އަލްމާ ސްޕޯޓްސް ކްލަބެވެ. ތިން ވަނަ ހޮވާ މެޗު އަލްމާއަށް ލިބުނީ އެ ޓީމާ ދެކޮޅަށް އެ މެޗުގައި ވާދަކުރަން އޮތް ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް މެޗަށް ހާޒިރު ނުވުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.