Advertisement

މުބާރާތުގެ ތަށި ކިރްގިސްތާނުން އުފުލާލަނީ---

12 Sep 2024
ކުޅިވަރު

ފައިނަލުގައި ދިވެހިރާއްޖެ ބަލިކޮށް ކިރްގިސްތާނުން ކާވާ ޗެލެންޖު ކަޕް ކާމިޔާބުކޮށްފި

ރާއްޖޭގައި ކުރިޔަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ފައިނަލުގައި ދިވެހިރާއްޖެ 3-2 ސެޓުން ބަލިކުރުމަށްފަހު ކިރްގިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ލީގު ފޭސްގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ސީދާ 3 ސެޓުން ރާއްޖެއަށް މެޗު ގެއްލުނު ނަމަވެސް، ފައިނަލުގައި ދިވެހި ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާ، އެ ނަތީޖާ ބަދަލު ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ކިރްގިސްތާނު ޓީމާ ދެކޮޅަށް ދެވަނަ ފަހަރަށް މި މުބާރާތުގައި ދިވެހި ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، ހެދުނު ކުދި ކުދި ގޯސްތަކުންނެވެ. އަދި ކިރްގިސްތާނާ ދެކޮޅަށް ރާއްޖެއިން ހޯދި ދެ ސެޓަކީ އެކަން އަވަސް މުސްތަގްބަލެއްގައި ބަދަލުވެދާނެ ކަމުގެ އަލިގަދަ ހެއްކެކެވެ.

ފައިނަލު މެޗުގައި ފުރަތަމަ ސެޓު ކާމިޔާބުކުރީ ކިރްގިސްތާނެވެ. އެ ސެޓު 25-17 އިން އެ ޓީމު ކާމިޔާބުކުރި އިރު، ދިވެހިރާއްޖެއިން ވަނީ ދެވަނަ ސެޓު 24-26 އިން ކާމިޔާބުކޮށްފައެވެ. ދެން އަނެއްކާ ތިން ވަނަ ސެޓު ކިރްގިސްތާނުން 18-25 އިން ކާމިޔާބުކޮށްފައި ވަނިކޮށް، ދިވެހިރާއްޖެ އިން ހަތަރު ވަނަ ސެޓު ގެންދިޔައީ 12-25 އިންނެވެ. ފަހު ސެޓުގައި ކިރްގިސްތާނުން ނެގި ބޮޑު ލީޑަކާއެކު، އެ ޓީމުން އެ ސެޓު ކާމިޔާބުކުރި 15-09 އިންނެވެ.

ފައިނަލް މެޗުގައި ދިވެހި ޓީމުގެ  އައިޝަތު މާޖިދާ (މާޖީ) އާއި ޝަހާ ޝާމިން އަދި ޖޫޒާން ޒަރީރު ވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއްދައްކާފައެވެ.

މި މުބާރާތުގައި ރާއްޖެއިން މި ހާސިލްކުރި ރިހި މެޑަލްއަކީ، ބައިނަލްއަގްވާމީ ލެވެލްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ހާސިލްކުރި ތިންވަނަ ރިހި މެޑަލްއެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުންނެވެ. އޭގެ ފަހުން، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންނެވެ. އަދި މި ފަހަރު، ކާވާ ޗެލެންޖް ކަޕްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.