Advertisement

ސެމީ ފައިނަލް މެޗުގައި ވެމްކޯގެ ކުލުންތެރިން ޕޮއިންޓެއް ހޯދުމަށްފަހު، ފޮޓޯ: އަދަދު

23 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލަށް ޕޮލިސް ކްލަބާއި ވެމްކޯ

މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ޕޮލިސް ކްލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއެވެ. މި މެޗު ފަސޭހަ ކަމާއެކު ޕޮލިސް ކްލަބުން ކާމިޔާބުކުރީ، ސީދާ ތިން ސެޓުންނެވެ.

އެގޮތުން ޕޮލިސް ކްލަބުން ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައިވަނީ 25-8 އިންނެވެ. އަދި ދެވަނަ ސެޓު 25-13 ކާމިޔާބުކުރިއިރު، ފަހު ސެޓު ގެންގޮސްފައިވަނީ 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާއެވެ.

ދެވަނަ ސެމީ ފައިނަލް މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި މެޗުގައި ބައްދަލުކުރީ އަލްމާ ސްޕޯޓްސް ކްލަބާއި ކްލަބް ވެމްކޯއެވެ.

ފުރަތަމަ ސެޓު 25-23 އިން އަލްމާ ކާމިޔާބުކުރިއިރު، ދެން ހުރިހާ ސެޓެއް ގެންދިޔައީ ވެމްކޯއެވެ. އެއީ 26-24، 25-23 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ޖެސިކާއެވެ.

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރު ވާ ހޯމަ ދުވަހުގެރޭ 8:15 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.