Advertisement

ސިފައިންގެ ކްލަބުން ގައުމީ މުބާރާތުގެ ތަށި އުފުލާލަނީ، ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

11 Jan 2024
ކުޅިވަރު

ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީ މުބާރާތް ކާމިޔާބުކޮށްފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ. ދިވެހި ސިފައިންގެ ކްލަބުން މުބާރާތް ކާމިޔާބުކުރީ، ފައިނަލުގައި 3-1 ސެޓުން ކްލަބް އާބަންކޯ ބަލިކޮށްގެންނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގައި ސިފައިންގެ ކްލަބުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-22، 26-24 އަދި 25-20 އިންނެވެ. އާބަންކޯއަށް ކާމިޔާބު ކުރެވުނީ މެޗުގެ ދެވަނަ ސެޓެވެ. އެއީ 25-23 އިންނެވެ. މި ސެޓުގައި އާބަންކޯގެ ތަފާތަކަށްވީ ބިދޭސީ ދެ ކުޅުންތެރިން އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ފޯމުގައި ހުރުމެވެ.

ވާދަވެރިކޮށް ފެނިގެން ދިޔަ މެޗުގެ ތިން ވަނަ ސެޓުގައި އާބަންކޯގެ ކުޅުންތެރިއަކަށް ރަތްކާޑު ވެސް ދައްކާފައިވެއެވެ. އެ ސެޓު ސިފައިން ކޮޅަށް އެނބުރުނީ އެ ހިސާބުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ރަޒާންއެވެ.

ސިފައިންގެ ކްލަބު އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އަދި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ސްޕޯޓްސް ކްލަބް ސިޓީއެވެ.

އަދި މިއީ ސިފައިންގެ ކްލަބުން 4 ދުވަސް ތެރޭގައި ކާމިޔާބުކުރި ދެވަނަ ތައްޓެވެ. އެންމެ ފަހުން އެ ކްލަބުން ކާމމިޔާބުކޮށްފައިވަނީ ގައުމީ ވޮލީ ލީގެވެ. އެ ކުލަބުން ލީގު ހާސިލްކުރީ، ލީގުގެ ފަހު މެޗުން ސީދާ 3 ސެޓުން ޕޮލިސް ކްލަބް ބަލިކުރުމަށްފަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.