Advertisement

ފައިނަލް މެޗުގައި ކުނބުރުދޫ ސްކޫލް ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ: ވީއޭއެމް

02 Nov 2023
ކުޅިވަރު

އެންމެ ވާދަވެރި އުމުރުފުރާގެ ތަށި ގެންދިޔައީ ކުނބުރުދޫ ސްކޫލަށް

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ފައިނަލްގައި އދ. މާމިގިއްޔަށް ނިސްބަތްވާ އދ. އަތޮޅު މަދަރުސާއާ ވާދަކޮށް، އދ. ކުނބުރުދޫ ސްކޫލުން ޗެމްޕިއަންކަން ހޯދައިފިއެވެ. ބުދަ ދުވަހުގެރޭ މާފަންނު އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު މި މެޗު ކުނބުރުދޫ ސްކޫލުގެ ފިރިހެން ޓީމުން ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުގައި އދ. އަތޮޅު މަދަރުސާއިން ވާންކުރި ނަމަވެސް، ފަހު ސެޓު ކުނބުރުދޫ ސްކޫލުން ގެންދިޔައީ ވަރަށް ފަސޭހަކޮށެވެ. އެގޮތުން ފުރަތަމަ 2 ސެޓު 25-17 އަދި 25-20 އިން ގެންދިޔައިރު، ކުނބުރުދޫ ސްކޫލުންފަހު ސެޓު ކާމިޔާބުކުރީ 25-5  އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުނބުރުދޫ ސްކޫލްގެ އަހުމަދު އައިހަމް މުހައްމަދެވެ.

މި އުމުރު ފުރާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކުނބުރުދޫގެ 4 ކުޅުންތެރިންނާއި އދ. އަތޮޅު މަދަރުސާގެ 2 ކުޅުންތެރިން އަދި ކެޔޮދޫ ސްކޫލުގެ 1 ކުޅުންތެރިއަކު ހިމެނެއެވެ. އެއީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުނބުރުދޫ ސްކޫލްގެ އަހުމަދު އައިހަމް މުހައްމަދުއާއި، މުހައްމަދު ރިފްއަތުއާއި، މުހައްމަދު އިކްރާމް އިސްމާއިލް ރަޝީދުއާއި، މުހައްމަދު އިޔާދު މުހައްމަދު އަޔާޒުއާއި، އދ. އަތޮޅު މަދަރުސާގެ ޝައިހާން ޝަހީން، އިބްރާހިމް ރާކިން ހަސަން އަދި ކެޔޮދޫ ސްކޫލްގެ އިބްރާހިމް ޔަނާލް މުހައްމަދެއެވެ.

މި މުބާރާތުގެ 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކުޅުން ނިމިފައިވާއިރު، ދެން އޮންނާނީ 19 އަހަރުން ދަށުގެ ކުޅުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.